ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސްޕްރީމް ކޯޓަށް 2 ފަނޑިޔާރަކު އައްޔަން ކުރައްވައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ސްޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް މިއަދު 2 ބޭފުޅަކު ރައީސް އިބްރާހިމް މުހައްމަދު ޞާލިހު އައްޔަން ކުރައްވައިފިއެވެ.

ސްޕްރީމް ކޯޓުގެ ފަނޑިޔާރުން ކަމަށް ރައީސް އައްޔަން ކުރެއްވި ދެބޭފުޅުންނަކީ އަލްއުސްތާޒް އަލީ ރަޝީދާއި އަދި ޑރ. މުހައްމަދު އިބްރާހިމް އެވެ. މި ދެފަނޑިޔާރުންނަށް މަގާމުގެ ފަތްކޮޅު ހަވާލުކުރައްވާފައިވަނީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

އަލް އުސްތާޒް އަލީ ރަޝީދަކީ މިސްރުގެ އަލް އަޒްހަރު ޔުނިވާރސިޓީ އިން  ބެޗްލާރސް އޮފް ޝަރީއާ އިން ލޯވް ފުރިހަމަ ކުރައްވައިގެން ހުންނެވި ބޭފުޅެކެވެ. މީގެ ކުރިން ކްރިމިނަލް ކޯޓުގައި ވެސް އުސްތާޒް އަލީ ރަޝީދު ވަނީ ފަނޑިޔާރުކަން ކުރައްވައިފައެވެ.

ޑރ.މުހައްމަދު އިބްރާހިމް އަކީ އިސްލާމިކް ކޮމާޝަލް ލޯވ ގެ ދާއިރާއިން ޑޮކްޓަރޭޓް ސަނަދު ހާސިލު ކުރައްވައިގެން ހުންނެވި ބޭފުޅެކެވެ. އެ ބޭފުޅާ ޑޮކްޓަރޭޓް ކަމުގެ ސަނަދު ހާސިލު ކުރެއްވީ ޔުނިވާރސިޓީ އޮފް މަލަޔާ އިންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: