ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހައި ކޯޓުން ބަލައިނުގަންނަ މައްސަލަ ސުޕްރީމް ކޯޓުން ބަލާ އިޖްރައާތަށް ބަދަލު ގެނެސްފި

އިންތިގާލީ މާއްދާއަކާއި އެކު، ގާނޫނު އަސާސީ އިސްލާހުކުރަން ސުޕްރީމް ކޯޓުން ލަފާދިނުން
ޝެއާރކޮށްލާ ކަހަލަދޯ؟

ހައި ކޯޓުން ބަލައިނުގަންނަ މައްސަލަތައް ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުގެ އިޖްރައާތަށް އެ ކޯޓުން ބަދަލު ގެނެސްފިއެވެ.

ހައި ކޯޓަށް އިސްތިއުނާފް ކުރަން ހުށަހަޅާ މައްސަލަތައް އެ ކޯޓުން ބަލައިނުގަތުމަށް ނިންމާ ނިންމުންތައް ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުން މީގެކުރިން ގޮތެއް ނިންމަނީ އިޖްރާއީ އަޑުއެހުމެއް ބޭއްވުުމަށް ފަހު އެވެ. އެކަމަކު އިއްޔެއިން ފެށިގެން ސުޕްރީމް ކޯޓުން ގެނައި ބަދަލަކީ ކޮންމެހެން އިޖްރާއީ އަޑުއެހުމެއް ބާއްވަން ނުޖެހޭ މައްސަލަތަކުގައި އަޑުއެހުން ބޭއްވުމަކާ ނުލައި އެ މައްސަލައާ މެދު ގޮތެެއް ނިންމުމަށެވެ.

އެގޮތުން މައްސަލައެއް ހައިކޯޓުން ބަލައިގަންނަން ޖެހޭނެ ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅުމުން 10 ދުވަސް ތެރޭގައި ބަލައިނުގަތް މައްސަލައެއް އަނެއްކާވެސް ހައިކޯޓަށް ހުށަހެޅިދާނެއެވެ. އެ މުއްދަތު ހަމަވުމަށް ފަހު ހުށަހަޅާ މައްސަލަތައް ބަލައިނުގަތުމުގެ އިހްތިޔާރު ހައި ކޯޓަށް އޮންނަ ގޮތަށް ވަނީ ނިންމާފައެވެ.
އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް ސޮއި ކުރައްވައި، އަދުނާން ނެރުއްވި ޕްރެކްޓިސް ސްޓޭޓްމަންޓްގައިވަނީ އެގޮތަށް ހަމަޖެއްސީ މައްސަލަތައް އަވަސް ކުރުމަށާއި ހުކުމް ތަންފީޒު ކުރުން އަވަސް ކުރުމައްކަމަށެވެ. އަދި މީގެ އިތުރުން އެކި ފަރާތްތަކަށް ދައްކަންޖެހޭ ފައިސާ ދެއްކުން ލަސް ކުރުމުގައި ޝަރުއީ މަރުހަލާގެ ބޭނުން ނަހަމަ ގޮތުގައި ހިފުން ހުއްޓުވުމުގެ ބޭނުމުގައި ކަމަށެވެ.
ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: