ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ނަޝީދު މިނިސްޓަރ ފައްޔާޒްއަށް: މިހާރު ތިހުންނެވީ މިނިސްޓަރު ކަމުން ވަކިކުރުމާއި ހަމަ އެއް ހާލެއްގައި

ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު އަދި އިކޮނަމިކް މިނިސްޓަރ ފައްޔާޒް އިސްމާއީލް : ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގެ އިކޮނަމިކް މިނިސްޓަރ ކަމުގެ މަގާމުގައި ފައްޔާޒް އިސްމާއީލް ހުންނެވި ނަމަވެސް މިހާރު މިނިސްޓަރު ކަމުގެ މަގާމުގައި ފައްޔާޒް ހުންނެވީ މަގާމުން ވަކިކުރުމާއި އެއް ހަމަ އެއްގައި ކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީޙުގެ ރައީސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސް ނަޝީދު އެހެން ވިދާޅުވީ، އެމްޑީޕީގެ ވަޓްސްއެޕް ގްރޫޕްގައި އެމަނިކުފާނު ފޮނުއްވި މެސެޖެއްގައެވެ.

ރައީސް ނަޝީދުގެ މެސެޖުގައި ވިދާޅުވެފައި ވަނީ ސިޔާސީ ކަންކަމަކީ ވަރަށް ފާޑެއްގެ ކަމެއް ކަމަށެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙް މިނިސްޓަރ ކަމުގެ މަގާމުން ފައްޔާޒް ވަކި ކުރައްވަންދެން ހުންނަވާނީ “ލޭމް ޑަކް” މިނިސްޓަރެއްގެ ގޮތުގައި ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން ރައީސް ނަޝީދު މިދިޔަ މަހުގެ ތެރޭގައި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕުގެ ތެރޭގައި ނަޝީދު ވަނީ މިނިސްޓަރު ފައްޔާޒަށް ކޮރަޕްޝަންގެ ތުހުމަތުކުރައްވައިފަ އެވެ. އަދި ޕާޓީ ތެރޭގައި “ބްރޯ ހެދިގެން” ފައްޔާޒަށް ނޫޅުއްވޭނެ ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.

ހަމައެހެންމެ އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފަށް ނަޝީދު ފޮނުއްވި ސިޓީއެއްގައި ވަނީ ފައްޔާޒު އަމިއްލަ އަށް މަގާމުން އެކަހެރިވެ ވަޑައިގަތުމަށް އެދިވަޑައިގެންފަ އެވެ.

ނަޝީދު ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ ފައްޔާޒު މަގާމުން އެކެހެރިވެވަޑައިގަތުމަށް ފެންނަނީ އެމްޑީޕީގެ ރައީސްގެ ނަޒަރުން ދެކޭއިރު، ޕާޓީ އަށް ލިބިދާނެ ގެއްލުމަކަށްޓަކާ ކަމަށެވެ. އަދި އެމްޑީޕީގެ އެއްވެސް ފަރާތަކާއި ޒާތީ ކަމެއް ނެތް ކަމަށާއި އެގޮތުން އެއްވެސް މިނިސްޓަރަކާއި ވެސް ޒާތީ ކަމެއް ނެތް ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

މި މައްސަލާގައި “ސަންގު”އާ ވާހަކަ ދައްކަވަމުން ފައްޔާޒު ވިދާޅުވީ އެމްޑީޕީއަށް އޭނާގެ ފަރާތުން ވާނެ ގެއްލުމެއް ނޯންނާނެ ކަމަށާއި ވާނީ ފައިދާ ކަމަށެވެ. އިސްތިއުފާ ދެއްވުމުގެ ވިސްނުމެއް ނެތް ކަމަށާއި ކުރިއަށްދާނީ ރައީސް އަންގަވާ ގޮތެއްގެ މަތީން ކަމަށާއި އެގޮތުން ރައީސް އަންގަވައިފިނަމަ އިސްތިއުފާ ދެއްވާނެ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒު ވިދާޅުވީ ކޮރަޕްޝަންގެ އަމަލެއް ހިންގާފައެއް ނޯންނާނެ ކަމަށާއި އޭނާއާ ގުޅޭގޮތުން ނަޝީދު ކުރައްވާ ތުހުމަތުތައް ބެލުން ރަނގަޅު ކަމަށާއި އެކަމަށް ހުރަސް ނާޅުއްވާނެ ކަމަށެވެ.

ނަޝީދު ފޮނުއްވި ސިޓީއާ ގުޅިގެން އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު ވިދާޅުވީ އެ ސިޓީގައި މިނިސްޓަރު ފައްޔާޒަށް އެއްވެސް އެއްޗެއް ދަންނަވަން ޕާޓީގެ ރައީސް ނަޝީދު އަންގަވާފައި ނުވާ ކަމަށެވެ. އަދި ރައީސް ނަޝީދު ވިދާޅުވީ އެސިޓީގައި އޮތް އެއްޗެއް އެމްޑީޕީގެ އާއްމު މެމްބަރުންނަށް އަންގައިދޭން ކަމަށާއި އެމްޑީޕީގެ ގުނަންތައް މެދުވެރިކޮށް އެމަސައްކަތް ކުރައްވާނެ ކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.

ވަރަށް ގަދަ
4%ވަރަށް ގަދަ 7%ވަރަށް ގަޔާވޭ 29%ބޮޑު ޖޯކެއް 21%ހައިރާންވެއްޖެ 0%ވަރަށް ދެރަ 39%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

4 Responses

  1. މިހާޜޫ ތިޔަ ފިޔަވަޅު އަޅަން މާ ލަސްވެސް ޥެއްޖެ ފަޢްޔާގެ ކޮރަޕްޓްކަން ޢޭގޭނެ މަގާމުން ދުރުވާތާ ދުބަސްކޮޅެއްވާއިރު ބުރޯ މި ކިޔަނީ ކަމެއްވީމާ

  2. ކިންގަކަށްވާން އުޅުނީމަ މިވަނީ ސައިޒު. އެއްމެފަހުން މޮޔަގޮވަންފެށީ. މިބޭފުޅާ ބޭނުންވާގޮތައް ރައްޔިތުން އުޅެދާނެބާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: