ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޗައިނާ ކުންފުންޏަކުން ރާއްޖެއަށް އިތުރު ސިއްހީ ސާމާނު ހަދިޔާކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ޗައިނާގެ ޝަންހާއީ ކޮންސްޓްރަކްޝަން ގްރޫޕުން ރާއްޖެއަށް ހަދިޔާކުރި ޕަރސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓް އަދި މެޑިކަލް ސަޕްލައިސްއާ ދިވެހި ސަރުކާރުން ހަވާލުވެއްޖެއެވެ.

އްޖެއަށް ހަދިޔާކުރި މިތަކެތި ރާއްޖެއާ ހަވަލުކުރެއްވީ ރާއްޖޭގައި ހުންނަވާ ޗައިނާ ސަފީރު ޖަންގް ލީޖޮންގް އެވެ.

ރާއްޖޭގެ ފަރާތުން އެ ތަކެއްޗާ ހަވާލުވީ، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ.

ފޮރިން މިނިސްޓްރީން ވިދާޅުވީ، ޝަންހާއީ ކޮންސްޓްރަކްޝަން ގްރޫޕުން ހަދިޔާކުރި ތަކެތީގެ ތެރޭގައި ހިމެނެނީ 20 ހާސް މެޑިކަލް މާސްކް، 10 ހާސް މެޑިކަލް ގްލަވްސް އަދި 500 ޕީޕީއީ އެވެ.

ފޮރިން މިނިސްޓްރީން ވިދާޅުވީ، މިއަދު ޗައިނާ ކުންފުނިން ހަދިޔާކުރި ތަކެތީގެ ސަބަބުން ކޮވިޑް-19 އާ ދެކޮޅަށް ފްރަންޓްލައިންގައި ކުރަމުންދާ މަސައްކަތަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެ ކަމަށެވެ.

ޗައިނާ ފާހަގަ ކުރެވިގެން ދަނީ ކޮވިޑް19 ގެ ހިތްދަތި ވަގުތުގައި އެކި ގޮތް ގޮތުން ދިވެހި ރާއްޖެއަށް ވަރަށް ގިނަގުނަ އެހީތެރިކަން ފޯރުކޮށްދެމުންދާ ފަރާތެއްގެ ގޮތުގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: