ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބ. އަތޮޅުގެ ތިން ރަށެއްގެ ބަނދަރުގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފި

ފޮޓޯ/ ޕްލޭނިން މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

ބ. އަތޮޅުގެ ތިން ރަށެއްގެ ބަނދަރުގެ މަސައްކަތް ކުރުމަށް ހޯގާޑު ޕްރައިވެޓު ލިމިޓެޑާ ހަވާލުކޮށްފިއެވެ.

އެ ކުންފުންޏާ ހަވާލުކޮށްފައި ވަނީ ބ. ކުޑަރިކިލު، ބ. ދޮންފަނު އަދި ބ. ކިހާދޫގެ ބަނދަރުގެ މަސައްކަތް ކުރުމަށެވެ. މި މަސައްކަތް ކުުރުމައް އެ ކުންފުންޔާ ހަވާލު ކޮށްފައިވަނީ 108 މިލިއަން ރުފިޔާއަށެވެ. އެއީ ކުޑަރިކިލުގެ ބަނދަރުގެ މަސައްކަތަށް 32.2 މިލިއަން ރުފިޔާ އާއި ދޮންފަނު ބަނދަރުގެ މަސައްކަތް ކުރުމަށް  31.73 މިލިއަން ރުފިޔާ ގެ އިތުރުން ކިހާދޫ ބަނދަރުގެ މަސައްކަތް ކުރުމަށް  43.38 މިލިއަން ރުފިޔާއެވެ.

ހަވާލު ކޮށްފައިވަނީ ތިންސަތޭކަ އަށްޑިހަ އެއް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމުމަށެވެ.

މި މަޝްރޫއު އަށް ފަންޑު ކޮށްފައިވަނީ އޯޕެކް ފަންޑު ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓު (އޮފިޑު)އިންނާއި ދިވެހި ސަރުކާރުގެ ބަޖެޓުނެވެ. މި ތިން މަޝްރޫއު އަށް އޮފިޑުން 77 ޕަސެންޓު ހަރަދު ކުރާއިރު ދިވެހި ސަރުކާރުގެ ބަޖެޓުން 23 ޕަސެންޓު ހަރަދު ކުރާނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: