ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހޯނޑެއްދޫން އިތުރު ދެ މީހަކު ޕޮޒިޓިވްވެ، އެ ރަށުން ބަލި ޖެހުނު މީހުންގެ އަދަދު 38 އަށް

ޝެއާރކޮށްލާ ކަހަލަދޯ؟

ގދ. ހޯނޑެއްދޫން އިތުރު ދެ މީހަކު ޕޮޒިޓިވްވެ، އެ ރަށުން ޕޮޒިޓިވްވީ މީހުންގެ ޖުމުލަ އަދަދު 38 އަށް އަރައިފި އެވެ.

އެޗްއީއޯސީން ބުނީ ހޯނޑެއްދޫން ޕޮޒިޓިވްވެފައި ވަނީ 18 އަހަރުގެ ދެ ފިރިހެނުން ކަމަށާއި އެ ދެ މީހުންނަކީ ވެސް ޕޮޒިޓިވް މީހެއްގެ ކޮންޓެކްޓުން ކަމަށެވެ.

އެ ރަށުން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު ވަނީ 38 އަށް އަރާފައެވެ.

ހޯނޑެއްދޫ އެންމެ ފުރަތަމަ ޕޮޒިޓިވްވީ ހޯމް ކަރަންޓީނުގައި ތިބި ހަތަރު މީހަކެވެ. އެ ދެ ކޭސްއާ ގުޅިގެން އެ ރަށުން ރެންޑަމްކޮށް ނެގި ސާމްޕަލްތަކުގެ ތެރެއިން ދެ މީހަކު ޕޮޒިޓިވްވުމާ ގުޅިގެން ކުރިއަށްގެންދިޔަ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން އިތުރު 19 މީހަކު ވަނީ މިދިޔަ ހަފްތާގައި ކޮވިޑަށް ޕޮޒިޓިވް ވެފައެވެ.

އެ 19 މީހުންގެ ކޮންޓެކްޓުންގެ ގޮތުގައި މިހާތަނަށް 111 ކޮންޓެކްޓުން މިހާތަނަށް ފާހަގަކުރެވިފައިވާ ކަމަށާއި އޭގެތެރެއިން 63 މީހުންގެ ކިބައިން ބަލީގެ އަލާމާތް ފެނިފައިވާ ކަމަށް އެޗްއީއޯސީން ބުނެއެވެ.

ހޯނޑެއްދުއަށް ބަލި ދިޔައީ ކިހިނެއްކަން ދެނެގަތުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: