ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިޔާސީ ފައިދާއަށް އަވަށްޓެރި ގައުމުތަކާ ޖެހިގަތުން އެއީ ނުރައްކަލެއް: އިބްރާހިމް ދީދީ

ޝެއާރކޮށްލާ ކަހަލަދޯ؟

ސިޔާސީ ފައިދާއަށް އަވަށްޓެރި ގައުމުތަކާ ޖެހިގަނެ ސަރަހައްދީ ގައުމުތައް ޖައްސަން މަސައްކަތް ކުރުމަކީ ގައުމަށް ނުރައްކާވާނެ ކަމެއްކަމަށް  ސިފައިންގެއަށް ގިނަ ހިދުމަތްތަކެއް ކުރެއްވި އަދި ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ ކުރީގެ މެންބަރު އިބްރާހިމް މުހައްމަދު ދީދީ ވިދާޅުވެއްޖެއެވެ.

ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑް އިބްރާހީމް ދީދީ އެގޮތަށް ވިދާޅުވީ ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމާ ދެކޮޅަށް މީސްމީޑިއާގައި ކެމްޕޭނަށް ފަށައިގެން އުޅޭ ދުވަސްވަރެއްގައެވެ.

އިބްރާހިމް ދީދީ ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މި ޒަމާނުގައި ގައުމުތަކުގެ ސިޔާސީ މިނިވަންކަން އެއީ އެހާ ފަސޭހައިން ގެއްލޭ އެއްޗެއް ނޫން ކަމަށާއި، ސިޔާސީ ފައިދާއަށް އަވަށްޓެރި ގައުމުތަކާ ޖެހިގަނެ ސަރަހައްދީ ގައުމުތައް ޖައްސަން މަސައްކަތް ކުރުމަކީ ގައުމަށް މާ ނުކުރައްވާ ގައުމުގެ ސަލާމަތަށް މާ ނުރައްކާ ކަމެއްކަމަށެވެ.

ތަމްރީނަކަށް ބޭރުގެ ސިފައިންތަކެއް އައިސް ތިބުމާއި ރާއްޖޭގެ ސަރަހައްދުތަކެއްގައި ބޭރުގެ ސިފައިންތަކެއް ދާއިމަށް ތިބުން ވަރަށް ބޮޑަށް ތަފާތު ކަމެއް ކަމައް ގިނަ ބަޔަކު ފާހަގަ ކުރެއެެވެ. އެ ގޮތަށް ދާއިމީ ގޮތެއްގައި ސިފައިން ތިބޭނަމަ ރާއްޖޭގެ މިނިވަން ކަމަށް އަސަރު ކުރާނެ ކަމަށް ގިނަ މީހުން ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: