ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަގީގީ ޙާދިސާ: ލޯބިވެވުނީ އެއްބަފާ ކޮއްކޮ ދެކެއެވެ.

ޝެއާރކޮށްލާ ކަހަލަދޯ؟

No Iނޯޓް: މިއީ ހަގީގީ ޙާދިސާ އެއްގެ މައްޗަށް ބިނާކޮށް ލިޔެވައިވާ ލިޔުމެކެވެ. ވާހަކާގައި ބޭނުން ކޮށްފައިވާ ނަންތަކާކީ އަސްލުނަންތަކެއް ނޫނެވެ.

 

ދައުރުވަމުން ދިޔައީ 1999ވަނަ އަހަރުގެ ދުވަސްތަކެވެ. ފަތިހުގެ ފިނިފިނި އަރާމް ވައިބާނި ތަކުން މުޅި ރަސްދޫގެ މަލަމަތިން ފެންނަމުންދާ ރުށްތައް ފަރި، ރީތި ހަރަކާތްތަކުން ނަށަމުން ދިޔައެވެ. މުޅި ރަށުގެ ތެރެއިން ވެސް ފެންނަމުން ދިޔައީ ހިމޭން ކަމާއި އަމާން ކަމެވެ. ކޮވެލި ތަކުގެ ނަލަނަލަ އަޑުން އެސޮރުމެން ލަވަ ކިޔަމުން ދިޔައީ ފަތިހުގެ މުނާޖާ ކޮނޑު އަޅައިގެންނެވެ.

އަހަރެން މަޑުމަޑުން އިލޮށިފަތި ހިފައިގެން ބޭރަށް ނުކުތީ ގޭގެ އިމާއި ގުޅިފައިވާ މަގުތައް ފަށުވީގެ ސާފު ފޭރާމަކުން ސާފުކޮށްލުމުގެ ބޭނުމުގައެވެ. ފިރިމީހާއަށް ހެނދުނުގެ ނާސްތާ ތައްޔާރުކޮށް ނިމުމާއި އެކު، އެންމެ ފުރަތަމަ ވެސް އަހަރެން ސަމާލުކަންދޭ ކަމަކީ މަގުމަތި ކުނިކަހައި ސާފު ކުރުމެވެ. އެހެނީ އިރުގެ އަލިން މުޅި ރަށުގެ ތެރެ ހުޅުދާން ކުރާއިރު، ގޯތި ތެރެ ކުނި ނުކަހައި، ސާފު ނުކުރެވޭ އަންހެނަކީ ރަށުގެ ގިނަ ބަޔެއްގެ ނަޒަރުގައި ކަންނެތް އަންހެނެކެވެ.

8 މަސް ފުރި 9 މަހަށް އަޅާފައިވާ ބޮޑު ބަނޑަކާއި އެކުވެސް އަހަރެން ހިތްވަރު ދޫނުކުރަމެވެ. ފިރިމީހާއަށް އަދާކޮށްދޭން ޖެހޭ ހުރިހާ ވާޖިބުތަކަކަށް އަހަރެން ނުހަނު ފަރުވާތެރި ވަމެވެ. ފިރިމީހާގެ ބައްޕަ ކަމުގައިވާ އީސަގެ ކަންކަން ވެސް ބަލަހައްޓަމުން، އަހަރެން އުޅުނީ އުފާވެރި ދިރިއުޅުމެކެވެ. ބުރަ، އަނދަގޫ ބޮޑު ދިރިއުޅުމެއްގެ އިޙްސާސް އެއްވެސް ވަގުތަކު އަހަރެންގެ ހިތަކަށް ނާރައެވެ. އެއީ ކީއްވެ ހެއްޔެެވެ؟ އާނއެކެވެ. އަހަރެންގެ ފިރިމީހާ ނަވާލު ދެކެ އަހަރެންވާ ލޯތްބެވެ. މާތް މަތިވެރި ހަންހާރައިގެ އަސަރުތަކެވެ. ހަހަރުވެތި ދިރިއުޅުމެއްގައި އަހަރެން ނަވާލާ އެކު ގުނަމުން ދިޔަ ކޮންމެ ދުވަހަކީ އަހަރެންގެ ހިތް އުފަލުން ބަންޑުން ވަމުންދާ ދުވަސްތަކެކެވެ. ނަވާލު ދެކެ އަހަރެން ވަނީ ޙަޤީޤީ ލޯތްބެވެ. މިއީ ޤަދަރުވެރި މާތް ލޯތްބެކެވެ.

މީގެ 1 އަހަރު ކުރިން އަހަރެން ނަވާލާއި ބައްދަލުވީ ރަސްދޫއަށް އަހަރެން ކުރި އޮފީސް ދަތުރެއްގައެވެ. އެ ދަތުރު ވެގެން ދިޔައީީ އަހަރެންނާއި ނަވާލުގެ ލޯބީގެ ގުޅުން، ކައިވެނީގެ އަގުމާތް ގުޅުމަކުން ގޮށްޖެހިގެން ދިޔަ ދަތުރަކަށެވެ. ރައްޓެހިވެގެން މާގިނަ ދުވަސްތަކަކު އުޅެން އަހަރެމެން ދެމީހުން ވެސް ބޭނުންވީއެވެ. އެހެން ކަމުން އަހަރެމެން ދެމީހުން ނިންމީ ވީ އެންމެ އަވަހަކަށް ކައިވެނި ކުރާށެވެ. އެގޮތުގެ މަތިން އަހަރެމެން ދެމީހުން ކައިވެނި ކޮށް އަހަރެންގެ ދިރިއުުޅުން ނަވާލްއާއި އެކި ރަސްދޫއަށް ބަދަލުވެގެން ދިިޔައެވެ. އަހަރެންގެ މަންމައަށް ނަވާލް ނުފެނުނަސް، ކޮންމެ ދުވަހަކުވެސް އަހަރެންގެ މަންމަ އަހަރެންނަށް ގުޅާ ހާލުއަހުވާލު ބަލައި ހަދައެވެ. ރަސްދޫ އާއި އަހަރެންގެ ރަށް ކަމުގައިވާ އައްޑޫގެ ދެމެދުގައިވާ ދުރުމިނުގެ ސަބަބުން ދަތުރުފަތުރު ކުރުން އޮންނަނީ ފަސޭހަ ކަމަކަށް ނުވެފައެވެ. ނަމަވެސް އަންނަ ހަފުތާގައި އަހަރެންގެ މަންމަ ނަފީސާ ރަސްދޫއަށް އައުމަށް ވަނީ ނިންމާފައެވެ. އަހަަރެން ވިހަން ވާއިރަށް އަހަރެންގެ ކަންކަން ބަލައި، ގޭގެ ކަންތައްތައް ބެލެހެއްޓުމުގެ ބޭނުމުގައެވެ.

***

ދުވަސްތައް މާޒީގެ ސަފުހާގައި ލިޔެވެމުން ގޮސް ހަފުތާއެއް ފާއިތުވެގެން ގޮސްފިއެވެ. މިއަދަކީ ނަފީސާ ރަސްދޫއަށް އަންނަ ދުވަސްކަމުން އަހަރެން ހުރީ ވަރަށް ބޮޑަށް ހިތްހަމަ ޖެހިފައެވެ. އަދި އެހާ އުފާވެސް ވެފައެވެ. އެތައް ދުވަހަކަށްފަހު، މަންމަ ފެންނާނެތީއެވެ. ނަވާލާއި އީސަގެ ހާލަކީ ވެސް ހަމަ މިއީއެވެ. އަހަރެންގެ މަންމައާ އަލަށް ބައްދަލުވެވޭތީ އެދެބަފައިން ވެސް ތިބީ ކޮޅުނެތްކޮޅަށް އުފާވެފައެވެ. ނަފީސާއާ ބައްދަލުވެ، އެކުވެރިކަން ބަދަހި ކުރެވޭނެ ކަމުގެ ފުރިހަމަ ޔަޤީންކަމަކާއި އެކުގައެވެ.

ނަމަވެސް ކަންތައްވީ އަހަރެން ދުވަހަކުވެސް ހީކޮށްގެން ހުރި ގޮތަކަށް ނޫނެވެ. ނަވާލުމެންގެ ގެއަށް ނަފީސާ ވަނުމާއި އެކު، ނަފީސާގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ނަފީސާއަށް ހީވީ އޭނާގެ ދެލޮލަށް އަލިފާން ކަނި ބުރައިގެން ދިޔަހެންނެވެ. ނަފީސާގެ ލޮލުން ހޯސްލާފައި ކަރުނަތައް އޮހެމުން ދިޔައިރު، ނަފީސާގެ ކަޅި ހުއްޓިފައިވަނީ އީސަގެ މޫނަށެވެ. ހުރި ފިޔަވަޅު މަތީގައި އީސަ ހުރީ ގަނޑުވެފައެވެ. އީސަގެ އަތްފައި ވަނީ ފިނިވެފައެވެ. މުޅި މީހާގެ ގައި ދިޔައީ ތުރުތުރު އަޅަމުންނެވެ.

“އީ.. އީސަ..” ނަފީސާގެ އަޑު ހީވީ ހިމުންވިހެންނެވެ. ވާނުވާ ނޭނގިފައިވާ ނަޒަރަކުން އަހަރެންނާއި، ނަވާލު ބަލަން ތިބީ އީސަ އާއި ނަފީސާއަށެވެ. އަނގަ ބަންދުވެފައި، ބަސް ހުއްޓިފައި އަހަރެން ހުރީ ބުނާނެ އެއްޗެއް ނޭނގި، ދޫބަންދު ވެފައެވެ.

“ނަ.. ފީ.. ސާ” އީސައަށް ބުނެވުނީ އެވަރަށެވެ. އީސަގެ ގައިން ވަރު ދޫވެގެން ހުރި ތަނަށް އީސަ ވެއްޓުނެވެ.

“ބައްޕާ.” ނަވާލު ދުވެފައި ކަހަލަ ގޮތަށް އީސަގެ ގާތުގައި އިށީންނެވެ. ހިތް މަތީގައި އަތް އަޅައިގެން، އީސައަށް ނޭޭވާ ލެވެމުން ދިޔައީ ވަަރަށް ދަތިކޮށެވެ. ނަފީސާ ގޭގެ މައިދޮރަށް ޖެހިގަނެގެން ރޯންފެށިއެވެ.

“ދަރި.. ދަރިފުޅާ ބައްޕައަށް މަޢާފު ކުރޭ. ބައްޕަގެ ކުށް މީ..” އީސަ ވާހަކަދައްކަމުން ދިޔައިރު ހީވީ ނޭވާ އުފުރިގެން ދަނީހެންނެވެ.

“ބައްޕާ. ކިހިނެއްތަވީ؟؟” މަރަށް ތެޅެމުން ދިޔަ އީސަގެ މޫނަށް ބަލާނެ ހިތްވަރު ނެތި، ނަވާލުގެ ދެލޯ ކަރުނައިން ފުރި ބާރުވިއެވެ. އީސަ ކަމުގެ ޙަޤީޤަތް ހާމަކޮށް ދިނުމުގެ ގޮތުން ވާހަކަދައްކަން ވަރަށް ބޭނުން ވިއެވެ. ނަމަވެސް އީސަގެ ދޫ އެކަމަށް އޭނާއަށް އެއްވެސް އެއްބާރުކުމެއް ނުދެއެވެ.

“އަހަރެން ކިޔާ ދީފާނަން..” ނަފީސާ މަޑުމަޑުން ކުރިއަށް ހިނގައިގަތެވެ. ކުދިކުދި ވަމުންދާ ހިތަކާއި އެކުގައެވެ.

“މީ އިންސާނެއްގެ ސިފައިގަ ހުއްޓަސް… އަހަރެން ދުވަހަކުވެސް ކަލެއަށް މަޢާފެއް ނުކުރާނަން..” ނަފީސާގެ ހިތުގައި ދިޔައީ ވަރަށް ބޮޑަށް ޖެހެމުންނެވެ.

“ދަރިފުޅާ… އީސަ މަންމަގެ އިއްފަތްތެރިކަން ނަގައިލީ..” ނަފީސާ އެހެން ބުނުމާއި އެކު އަހަރެންނަށް ދުނިޔޭގެ ދައުރުވުން ވަގުތުކޮޅަކު ހުއްޓުނެވެ.

“ކީކޭ މަންމާ؟” ދަތި ގޮތަކަށް އަހަރެން އެހީމެވެ.

“އާނ! އީސަ އަކީ އަހަރެންގެ މުޅި ދިރިއުޅުން ހަލާކުކޮށްލި މީހަކީ.. ދަރިފުޅަށް ތިވަރުގެ ބޮޑު ދެރައެއް ތި ލިބުނީ އީސަގެ ސަބަބުން.. މަންމައަށް މިއަނިޔާ ދިނުމަށްފަހު، އީސަ ފިލީ.. ދަރިފުޅަކީ އީސަގެ ދަރިއެއް.. ތި ކައިވެނި ނުވާނެ ސައްހައެއް.. ނަވާލް އާއި ދަރިފުޅަކީ ދެބޭން..” ނަފީސާގެ ދުލުން ބޭރުވި ކޮންމެ ބަހެއް ގޮސް ހީވީ، ނަވާލާއި އަހަރެންގެ މޫނުމަތީގައި ހޫނު އެތިފަހަރަކުން ޖެހިހެންނެވެ. އަހަރެންގެ ހިތަކަށް އެ ޙަޤީޤަތާއި ކުރިމަތި ލާނެ ހިތްވަރެއް ނުލިބުނެވެ.

ހިތަށް ވަރަށް ބޮޑަށް ތަދުވެގެން އަހަރެންނަށް ކުއްލިއަކަށް ހުރެފައި “ޕާސް” ކިޔާފައި އަޑުން އަޑު ނަގައި ރޯން ފެށުނެވެ. އަހަރެންގެ މަންމަގެ ގައިގައި ބައްދައިގަނެގެން އަހަރެން ގިސްލާ ރޮމުން ދިޔައިރު މުޅި އެތަނުން ގުމުމަނުން ދިޔައީ ރުއިމުގެ އަޑެވެ. ނަވާލު ވެސް އަންހެން ކުއްޖެއް ފަދައިން މޫނުމަތީގައި އަތް އަޅައިގެން ރޮމުން ދިޔައެވެ.

ނޭވާ ނުލެވި އީސަ ތެޅެމުން ގޮސް، އެންމެ ފަހުގެ ނޭވާ އީސައަށް ދޫކޮށްލެވުމާއި އެކު އޭނާގެ ދެލޯ އަބަދަށް މެރިގެން ދިޔައެވެ.

“ހިނގާ ދަރިފުޅާ ދާން..” ނަފީސާ އަހަރެންގެ އަތުގައި ހިފައިލަމުން އެ ގެއިން ނުކުންނަން ހިނގައިގަތެވެ.

***

20 އަހަރު ފަހެވެ. މިހާރު އަހަރެން ދިިރިއުޅެމުން މި ދަނީ އުފާވެރި ދިރިއުޅުމުކެވެ. އައްޑޫގައި އަހަރެންގެ މަންމަ އާއި އެކު އަހަރެން މި ދިރިއުޅުނީ އުފަލުންނެވެ. ޤަބޫލު ކުރަން ދަތި ވިޔަސް، އަހަރެން އެންމެ ފަހުން ނަވާލަކީ އަހަރެންގެ ބޭބެ ކަމުގައި ބެލީމެވެ. އިޙްސާތަކަށް ނުހަނު އުނދަގޫ ވި ކަމުގައި ވިޔަސް އަހަރެން ނަވާލަށް ބޭބެ އެއްގެ ދަރަޖަ ދިނީމެވެ. ބޭބެ އެއް ދެކެވާ ފަދަ ލޯތްބެއް ހިތުގައި ބިންވަޅު ނަގަން އަހަރެން މަސައްކަތް ކުރީމެވެ. ވަރަށް އުދަނގުލުން ނަމަވެސް އަހަރެން އެކަން ކާމިޔާބު ކުރީމެވެ. ނަވާލަށް ވެސް އޭނާގެ ކޮއްކޮ ދެކެ ވެވުނު ލަދުވެތި ލޯބީގެ ހަނދާން އާވުމުން ނުހަނު ލަދުން އުޅެއެވެ. ފަސްޖެހެއެވެ. ނަމަވެސް މި ވޭތުވެ ދިޔަ ދުވަސްތަކު އަހަރެމެން އެންމެން ދެއްކި ހިތްވަަރުން ކަންކަން ބަދަލު ވެއްޖެއެވެ. އުފާވެރިކަމުގެ ވިލާތަކުން އަހަރެމެންގެ ދިރިއުޅުން ބައްދާލައިފިއެވެ.

ވަރަށް ގަދަ
11%ވަރަށް ގަދަ 8%ވަރަށް ގަޔާވޭ 16%ބޮޑު ޖޯކެއް 3%ހައިރާންވެއްޖެ 54%ވަރަށް ދެރަ 9%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

3 Responses

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: