ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގާނޫނާ ހިލާފަށް ބަންދުކުރި މީހަކު ނުހުންނާނެއޭ ބުނަނީ ލަދު ކުޑަކަމުން: އަލީ ސޯލިހް

ޖުމްހޫރީ ޕާޓީގެ ތަރުޖަމާނު އަލީ ސޯލިހް:- ފޮޓޯ_ މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ގާނޫނީ އިމުގެ ބޭރުން އެއްވެސް މީހަކު ހިފާ ހައްޔަރުނުކުރާ ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ ލަދު ހަޔާތުގެ ކަންފުޅެއްވެސް ނެތުމުން ކަމަށް ޖުމްހޫރީ ޕާޓީގެ ތަރުޖަމާނު އަލީ ސޯލިހް ވިދާޅުވުވެއްޖެއެވެ.

އަދުރޭގެ ވާހަކަތަކާއި ގުޅިގެން ޖުމްހޫރީ ޕާޑީ މީޑިއާ ގްރޫޕްގައި އެކަމަށް ފާޑު ވިދާޅުވެ އަލީ ސޯލިހު ވަނީ ރައީސް ޔާމީންގެ ވެރިކަމުގައި ސިޔާސީ ލީޑަރުންނާއި މަޖިލިސް މެންބަރުންގެ އިތުރުން ފަނޑިޔާރުން ހައްޔަރުކުރީ ގާނޫނީގެ ކޮން މާއްދާއަކުން ބާރު ލިބިގެންތޯ ސުވާލު އުފައްދަވާފައެވެ.

އަލީ ސޯލިހު ވިދާޅުވީ “ލަދު ހަޔާތުގެ ކަންފުޅެއް ހުއްޓަސް” ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ގާނޫނާ ހިލާފަށް އެއްވެސް ބޭފުޅަކު ހައްޔަރު ކޮށްފައި ނުވާނެ ކަމަށް ވިދާޅުވެ، އަބްދުއްރަހީމް ވާހަކަ ނުދައްކަވާނެ ކަމަށެވެ.

” ސިޔާސީ ޕޯޑިއަމްތަކުގައި ފާޅުކުރެއްވި ހިޔާލަކާ ގުޅިގެން އޭރު އިދިކޮޅު ލީޑަރުންގެ ގޮތުގައި ތިއްބެވި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އާއި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމާއި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ހައްޔަރު ނުކުރަންތޯ ” އަލީ ސޯލިހު

މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ 12 މެންބަރަކާއި، ސުޕްރީމް ކޯޓުން ނެރުނު އަމުރަކާ ގުޅިގެން އެ ކޯޓުގެ ފުރާޅުން ޓިނު ނަގައިގެން ފަނޑިޔާރުން ހައްޔަރު ނުކުރަންތޯ ސުވާ އުފައްދަވާ އަލީ ސޯލިހު ވިދާޅުވީ ގާނޫނާ ހިލާފަށް ހައްޔަރު ކުރެވުނު މީހުންގެ އަބްދުއްރަހީމަށް އޮޅިފައިވާ މިންވަރު އޭނާ ކުރެއްވި ސުވާލުތަކުން އެކަނި ވެސް ސާފުވާނެ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

އިދިކޮޅު ޕީޕީއެމާއި ޕީއެންސީ ޖޫރިމަނާ ކޮށްފައި ވާތީ އެ ފައިސާ ދެއްކުމަށް “ހައްގު ފޮށި” ނަމުގައި ފަންޑު ފޮއްޓެއް ހުޅުވުމަށް ހުކުރު ދުވަހު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގައި ގާނޫނީ އިމުގެ ބޭރުން އެއްވެސް މީހަކު ހިފާ ހައްޔަރު ކޮށްފައި ނުވާ ކަމަށެވެ.

އަބްދުއްރަހީމް ވިދާޅުވީ މި ސަރުކާރުން ގާނޫނާއި ހިލާފަށް އެތައް ކަމެއް ކުރަމުންދާ ކަމަށާއި އެ މައްސަލަތައް ބަލާނެ ދުވަސް އޮތީ ދުރުގައި ނޫން ކަމަށެވެ. އަދި ގާނޫނީ އިމުގެ ބޭރުން ހިންގަމުންދާ ކޮންމެ ކަމެއް ދެން އަންނަ ޕީޕީއެމްގެ ސަރުކާރެއްގައި ބަލާނެ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

“މިއަދު ގާނޫނާއި ހިލާފަށް ކުރާ ކަންތައްތައް އަޅުގަނޑުމެންގެ ސަރުކާރުން ބަލާނެ. އެއީ އިބްރާހިމް މުހައްމަދު ސޯލިހުގެ މައްސަލައެއް ނަމަވެސް ރައީސް ނަޝީދުގެ މައްސަލައެއް ކަމަށް ވިޔަސް އަދި އެނޫން ބޭފުޅެއްގެ މައްސަލައެއް ކަމުގައި ވިޔަސް ބަލާނެ” އަބްދުއްރަހީމް

މީގެ އިތުރުން އަބްދުއްރަހީމް ވިދާޅުވީ 2013 އިން 2018 އަށް ޕީޕީއެމުން ކުރި ވެރިކަމުގައި ގާނޫނީ އިމުގެ ތެރެއިން ނޫނީ އެއްވެސް މައްސަލައެއް ބަލާފައި ނުވާނެ ކަމަށެވެ.

އަބްދުއްރަހީމް އެހެން ވިދާޅުވި ނަމަވެސް ރައީސް ޔާމީންގެ ވެރިކަމުގައި އެތައް ސިޔާސީ ބޭފުޅުން ހައްޔަރު ކޮށްފައިވެއެވެ. އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި އެނޫންވެސް ދައުލަތުގެ އިސްމަޤާމުގައި ތަކުގައި ތިއްބެވި ބޭފުޅުން ހައްޔަރުކޮށްފައިވެއެވެ.

ވަރަށް ގަދަ
13%ވަރަށް ގަދަ 13%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 75%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. މިސޯލިގަކީ އެމްޑީޕީ ވައްޓާލަން ޔާމީނާ އެކު އިސް ސަފުގައި ނުކުމެ ހުރި ދެފުއް ކެހެރިއެއް މިކަހަލަ މީހުން އަބަދުވެސް އުޅޭނީ ހިހޫތަނުން ކައިގެން މީނާ މިހާރުން މިހާރަށް މަގާމުން ވަކިކުރޭ..!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: