ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސައިކަލު ބުރުގައި ހައްޔަރު ކުރާ އެންމެންނައް އިދިކޮޅުން ގާނޫނީ އެހީ ތެރިކަން ދެނީ!

ޕީއެންސީ ޕީޖީ ލީޑަރު އާދަމް ޝަރީފް އުމަރު: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ޒުވާނުންތަކެއް އިސްނަގައިގެން މިއަދު ބޭއްވުމަށް ހަމަޖެއްސި ސައިކަލު ބުރުގައި ގިނަ އަދެއްގެ ބަޔަކު ހައްޔަރު ކުރުމާއި ގުޅިގެން ސައިކަލު ބުރުގައި ހައްޔަރު ކުރާ ހުރިހާ ފަރާތްތަކަށް އިދިކޮޅު ކޯލިސަނުން ގާގޫނީ އެހީތެރިކަން ދޭން ނިންމައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާޢިރާގެ މެންމަބަރު އާދަމް ޝަރީފު އުމަރު ކުރެއްވި ޓުވީތެއްގައި ބުނެފައިވަނީ ކިތަންމެ ގިނަ ބަޔަކު ހައްޔަރު ކުރިޔަސް ޕުުރޮގުރެސިވް ކޮންގުރެސް ކޯލިޝަންގެ ލީގަލް އެފެއަރސް ޑިޕާޓުމެންޓުގެ ލޯޔަރުން އެޓެންޑު ކުރުވާނެ ކަމަށެވެ.

އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު ރާއްޖޭގައި އިއުލާން ކޮށްފައި ވަނިކޮށް އަދި ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު އަންގާފައިވާ އެނގުންތަކާ ހިލާފަށް އެއްވުންތައް ނުބޭއްވުމަށް ފުލުހުން ވަނީ ތަކުރާރުކޮށް އިލްތިމާސްކޮށްފައެވެ. ނަމަވެސް އިދިކޮޅު ޕާޓީތަކަށް ތާއީދުކުރާ ޒުވާނުން ވަނީ މިއަދު ސައިކަލެއް ބުރެއް ބޭއްވުމަށް ނިންމާފައެވެ.

ރަސްފަންނު ސަރަހައްދުން ފެށުމަށް ހަމަޖެއްސި ސައިކަލު ބުރު ކުރިއަށް ނުގެންދެވޭނެ ކަމަށް ފުލުހުން ވަނީ އަންގާފައެވެ. އަދި ސައިކަލްބުރު ކުރިއަށް ގެންދާނަމަ ބާރުގެ ބޭނުންކޮށްގެން ހުއްޓުވާނެ ކަމުގެ އިންޒާރުވެސް ދީފައިވެއެވެ.

ލުހުން ވަނީ އަޑުގަދަ ކުރާ ބޭނުންކޮށްގެން، މި ހާލަތުގައި އެއްވުންތައް ނުބޭއްވުމަށާއި އެއްވުންތައް ކުރިއަށް ގެންދާނަމަ ހައްޔަރުކުރާނެ ކަމުގެ އިންޒާރު އެ ދީފައެވެ.

ހައްޔަރުކުރީ ކިހާ އަދަދެއްގެ ޒުވާނެއް ކަމެއް ސާފުނުވި ނަމަވެސް ވިއްސަކަށް ޒުވާނުން ހައްޔަރުކުރި މަންޒަރު ވަނީ ފެނިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: