ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެއްވުން ހުއްޓުވައި 41 މީހަކު ހައްޔަރުކުރި އިރު، އިދިކޮޅުގެ އިސް ބޭފުޅެއް ނުހިމެނޭ!

ޝެއާރކޮށްލާ ކަހަލަދޯ؟

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ އެންގުމާ ހިލާފަށް އިދިކޮޅި ޕީޕީއެމް/ޕީއެންސީން މިއަދު މާލޭގައި ބޭއްވި ސައިކަލް ބުރުގައި ބައިވެރިވެގެންނާއި އެ ހަރަކާތް ހުއްޓުވުމުން މަގުތަކަށް އެއްވި 41 މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި ރައްޔިތުން ނުރައްކަލުގެ ތެރެއަށް ހުށަހެޅޭގޮތަށް އެޗްޕީއޭގެ ގައިޑްލައިންއާ ހިލާފަށް އެއްވުމާ ގުޅިގެން 41 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

އެކަމާ ގުޅިގެން އިދިކޮޅު ކޯލިޝަންގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހުންގެ ތެރޭގައި ކޯލިޝަންގެ ލީޑާޝިޕްގެ އެއްވެސް ބޭފުޅެއް ހިމެނިވަޑައިނުގަންނަވާ ކަމަށާއި ނަމަވެސް އެ ކޯލިޝަން ކައުންސިލު ބައެއް މެމްބަރުންނާއި އެކްޓިވިސްޓުން ހައްޔަރުކޮށްފައިވާ ކަމަށެވެ.

ފުލުހުން މީގެ ކުރިން ބުނި ގޮތުގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި ގިނަ މީހުން އެއްވެ އުޅުން މަނާކޮށްފައި ވަނިކޮށް ބާއްވާ އެއްވުންތަކުގެ ބައިވެރިންނާ މެދު ފިޔަވަޅު އަޅާނެ ކަމަށެވެ. އެގޮތުން މިއަދުގެ ސައިކަލް ބުރު ފެށުމުގެ ކުރިން ވެސް، އެކަމުގައި ބައިވެރިވާން ދިޔަ ބައެއް މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 50%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: