ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހާލަތާ ނުބައްދަލު ބާރުބޭނުންކޮށް ޒުވާނުންތަކެއް ހައްޔަރުކުރުމަކީ ފިނޑި، ނާތަހުޒީބު ޢަަމަލެއް: ޖަމީލް

ކުރީގެ ނައިބް ރައީސް ޑރ މުހައްމަދު ޖަމީލް އަހުމަދު: ފޮޓޯ ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟
ހާލަތާއި ނުބައްދަލު ބާރުގެ ބޭނުންކޮށްގެން ޒުވާނުންތަކެއް ހައްޔަރު ކުރުމަކީ ފިނޑި، ނާތަހުޒީބު އަމަލެއް ކަމަށް  ކުރީގެ ނައިބު ރައީސް އަދި މަޝްހޫރު ގާނޫނީ ވަކީލު ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.
ޖަމީލު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޒުވާނުންގެ ޞުލްޙަވެރި ހަރަކާތަށް ހުރަސްއެޅުމަކީ ހިންގެވި އަނިޔާވެރި، ދުސްތޫރާ ޚިލާފް ޢަމަލެއް ކަމަށާއި، ހާލަތާ ނުބައްދަލު ބާރުބޭނުންކޮށް ޒުވާނުންތަކެއް ހައްޔަރުކުރުމަކީ ފިނޑި، ނާތަހުޒީބު ޢަަމަލެއް ކަމަށެވެ.
މީގެ އިތުރުން ޖަމީލު ވިދާޅުވީ އަނިޔާކުރިޔަސް ގަދަވާނީ ރައްޔިތުންގެ ބާރުކަމަށާއި  ޒުވާނުންގެ އަޑަކީ މުޅި ގައުމުގެ އަޑު ކަމަށެވެ.
ޖަމީލު މިފަދައިން ވިދާޅުވެފައި މިވަނީ ޒުވާނުންތަކެއް އިސްނަގާގެން މި އަދު މާލޭ ގައި ބޭއްވި ސައިކަލު ބުރާ ގުޅިގެން ގިނަ އަދަދެއްގެ ޒުވާނުންތަކެއް ހައްޔުރު ކުރުމާއި ގުޅިގެންނެވެ.
ފުލުހުން ބުނީ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި ރައްޔިތުން ނުރައްކަލުގެ ތެރެއަށް ހުށަހެޅޭގޮތަށް އެޗްޕީއޭގެ ގައިޑްލައިންއާ ހިލާފަށް އެއްވުމާ ގުޅިގެން 41 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.
ފުލުހުން މީގެ ކުރިން ބުނި ގޮތުގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި ގިނަ މީހުން އެއްވެ އުޅުން މަނާކޮށްފައި ވަނިކޮށް ބާއްވާ އެއްވުންތަކުގެ ބައިވެރިންނާ މެދު ފިޔަވަޅު އަޅާނެ ކަމަށެވެ. އެގޮތުން މިއަދުގެ ސައިކަލް ބުރު ފެށުމުގެ ކުރިން ވެސް، އެކަމުގައި ބައިވެރިވާން ދިޔަ ބައެއް މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.
ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: