ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަނީފްގެ ސުވާލެއް އަދުރޭއަށް: އެއްވާން ބޭނުންވާނަމަ ރައީސް ޔާމީން ބުނިގޮތަށް ހައްޖަށް ނުދަނީ ކީއްވެ؟

ޝެއާރކޮށްލާ ކަހަލަދޯ؟

ތަންތަނަށް އެއްވާން ބޭނުން ނަމަ ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވި ގޮތަށް ހައްޖަށް ނުދަނީ ކީއްވެތޯ ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފް، އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲއާ ސުވާލު ކުރައްވައިފިއެވެ.

2018ގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ދުވަސްވަރު މާފަންނު ސްޓޭޑިއަމް ސަރަހައްދުގައ ޕީޕީއެމުން ބޭއްވި އެއްވުމެއްގައި އޭރުގެ އިދިކޮޅު ފަރާތްތަކަށް ފާޑުވިދާޅުވަމުން ރައީސް ޔާމީން ވަނީ ތަންތަނަށް އެއްވާން ބޭނުން ނަމަ ހައްޖަށް ދިއުމަށް ގޮވާލާފައެވެ.

ރައީސް ޔާމީންގެ މިވާހަކައަށް އިޝާރާތް ކުރައްވައި ސަނީފް ކުރެއްވި ޓްވީޓެއްގައި ވަނީ އިދިކޮޅުން އިއްޔެ ބޭއްވި އެއްވުމާ ގުޅިގެން އަދުރޭ އަށް ނުހުރުހުމުގެ ބަސްތަކެއް އަމާޒު ކުރައްވާފައެވެ.

“މިއޮއްފަދަ ބޮޑު ބަލިމަޑުކަމުގެ ތެރޭގައި އަދުރޭ މިއީ މީ ރައްޔިތުންނަށް ޖެހިފަހުރި ކިހާބޮޑު ނުފޮރުއްޕާނެއްތަ، އެއްވާން ބޭނުންވަންޔާ އަދުރޭމެންގެ ރައީސް ބުނިގޮތަށް ހައްޖަށް ނުދަނީ ކީއްވެތަ؟.” ސަނީފް ވިދާޅުވިއެވެ.

އިދިކޮޅު ކޯލިޝަންގެ ލީޑާޝިޕްގެ އިސްވެރިންނާއި ކައުންސިލް މެމްބަރުން އަދި އާންމު މެމްބަރުންވެސް ބައިވެރިވި އެ އެއްވުމަކީ، ޕީޕީއެމް އިން އިމްތިޒާމް ކުރި މުޒާހަރާއެއް ނޫން ކަމަށް ޕީޕީއެމް އިން ވަނީ ބުނެފައެވެ.

އެއްވުން ހުއްޓުވައި ހުއްޓުވައި ފުލުހުން ވަނީ 41 މީހަކު ހައްޔަރުކޮށްފައެވެ. ނަމަވެސް އޭގެ ތެރޭގައި އިދިކޮޅު ލީޑަޝީޕްގެ އިސް ބޭފުޅަކު ނުހިމެނެއެވެ.

ވަރަށް ގަދަ
10%ވަރަށް ގަދަ 30%ވަރަށް ގަޔާވޭ 40%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 20%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: