ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލާދީނީ މީހުން ދެކޭގޮތުގައި ﷲ އެންގެވި ގޮތް ގަބޫލުކޮށް އަމަލުކުރާ އެންމެނަކީ ހައްދުފަހަނާޅާފައިވާ މީހުން: ޝެއިޚު ނިޝާން

ޝެއިޚް ނިޝާން އަދި ރައީސް ނަޝީދު. ނިޝާން ވަނީ ރައީސް ނަޝީދަށް ވަރަށ ބޮޑަށް ފާޑުވިދާޅުވެފަ.
ޝެއާރކޮށްލާ ކަހަލަދޯ؟

މިއަދު މި ފެންނަނީ އިންޑިއާއަށް ގޮސް ދީން ބަދަލުކޮށް ނަސާރާވި، މުރުތައްދު 9ވަނަ ހަސަން ރަސްގެފާނު ޕޯޗުގީޒުން ގެނެސް މިރާއްޖެ އަޅުވެތިކުރަން އުޅޭތަންކަމަށް ދީނީ ޢިލްމުވެރިޔާ އައްޝެއިޚު އާދަމް ނިޝާން ވިދާޅުވެއްޖެއެވެ.

“އިންޑިއާ އައުޓް” އަކީ ހަރުކަށި މީހުންގެ ހަރަކާތެއް، އެކަމުގައި އިދިކޮޅުން ބައިވެރިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެފައިވާ ޚަބަރެއްގެ ސްކްރީން ޝޮޓެއް ޝެއަރކުރައްވަމުން ނިޝާން ވަނީ އެކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

އެގޮތުން، ﷲއާއި އެއިލާހުގެ ރަސޫލާ އެންގެވި ގޮތް ފުރިހައަމަށް ތެދުކޮށް ގަބޫލުކޮށް، އެގޮތަށް އުޅުމަށް މަސައްކަތްކުރާ ކޮންމެ މީހަކީ ލާދީނީ ފިކުރުގެ މީހުންގެ ކައިރީގއި ހައްދުފަހަނާޅާފައިވާ މީހެއްކަމަށް ނިޝާން ވިދާޅުވިއެވެ. އަދި މިއަދު މި ފެންނަނީ ކާފަރުވި ހަސަން ރަސްގެފާނު ޕޯޗުގީޒުން ގެނެސް ގައުމު އަޅުވެތިކުރަން ކުރި މަސައްކަތް ބަޔަކު އިންޑިއާއާއި ގުޅިގެން ކުރަމުންދާތަންކަމަށްވެސް ވިދާޅުވިއެވެ.

#IndiaOutﷲ އާއި އެއިލާހުގެ ރަސޫލާ އެންެގެވިގޮތް ފުރިހަމައަށް ތެދުކޮށް ޤަބޫލުކޮަށް، އެގޮތަށް އުޅުމަށް މަސައްކަތްކުރާ…

Posted by Sheikh Adam Nishan bin Ali Adam Al-Maaldheefee on Sunday, 13 September 2020

ނިޝާން އިތުރަށް ވިދާޅުވީ، އެކަންކަމާއި ދެކޮޅަށް ތެދުވެ އަޑު އުފުލާ ކޮންމެ ބައެއްގެ ގައިގަ ހައްދުފަހަނާޅާފައިވާ ބައެއްގެ ލޭބަލް ޖެހުމަކީ ކަންބޮޑުވާން ޖެހޭކަމެއްކަމަށެވެ.

“ވެރިކަމުގެ ދަހިވެތިކަމުގައި، މި އިސްލާމީ ދިވެހި ދީބު ކާފަރުންގެ އަޅުވެތިކަމަށް ދޫކޮށްލަން ބޭނުންވާ ފަރާތްތަކުން މި ޙަގީގަތް ފޮރުވަނީއެވެ. ތާރީޚުގައިވެސް ކަން ހިނގާފައި އޮތީ މިހެންނެވެ” ނިޝާންގެ ޕޯސްޓްގައިވެއެވެ.

ނިޝާން ވިދާޅުވީ، އެމީހުންނަށް ވެގެންވާނަމަ ދިވެހި ތާޜީޚް އަލުން ލިޔެ، އަލި ރަސްގެފާނާއި، ބޮޑުތަކުރުފާނާއި، ދޮންބަންޑާރައިންނަކީ ހައްދުފަހަނާޅާފައިވާ ޓެރަރިސްޓުން ކަމަށް ސިފަކޮށް ޕޯޗުގީޒުންނާއި މަލާބާރިން ނުވަތަ ހޮޅިންނަކީ ފްރީޑަމް ފައިޓަރސްގެ ގޮތުގައި ބަޔާން ކުރާނޭކަމަށެވެ.

އިންޑިއާ އައުޓު ހަރަކާތަކީ ހަރުކަށި ފިކުރުގެ ބަޔަކު ހިންގާ ކެމްޕެއިނެއް ކަމަށް ރައީސް ނަޝީދު ދަނީ ތުހުމަތުކުރައްވަމުންނެވެ. އައި އެކަމުގެ ސަބަބުން އައިއެސް ޖަމާއަތަށް ރާއްޖެ ހިފަން މަގުފަހިވާނޭކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: