ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖެއަށް ގެސްޓުން ނައުމަށް ގޮވާ ބޭރު ސިފައިން އަރަން ގޮވީ އިދިކޮޅަކުން ނޫން، ޚާއިނުން ގިނަ އެމްޑީޕީން: މޮސްޓާ

ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއަށް ގެސްޓުން ނައުމަށް ގޮވާ ބޭރު ސިފައިން އަރަން ގޮވީ އިދިކޮޅަކުން ޕާޓީތަކަށް ނިސްބަތްވާ މީހުންނެއް ނޫން ކަމަށާއި ޚާއިނުން ގިނަ އެމްޑީޕީން ކަމަށް ނޮޅިވަރަމް ދާއިރާގެ އަމިއްލަ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ(މޮސްޓާ) ތުހުމަތު ކުރައްވައިފިއެވެ.

މޮސްޓާ މިހެން ވިދާޅުވީ ރާއްޖޭގެ އިޤުތިސާދު އިނދަ ޖައްސާލުމަށް އިދިކޮޅުން ބަންގްލަދޭޝް މީހުނާއެކު މަނީ ލޯންޑްރީ ހިންގާ ކަމަށް އިހަވަންދޫ ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ޝިފާއު ތުހުމަތު ކުރެއްވުމުންނެވެ.

ޝިފާޢު ވިދާޅުވީ އިދިކޮޅު ފަރާތްތަކުން މިގޮތަށް މަނީ ލޯންޑްރީ ހިންގަމުން ދަނީ ކުރެޑިޓު ކާޑުތަށް ބޭނުންކޮއްގެން ކަމަށެވެ.

އޭނާ އަށް ރައްދު ދެއްވަމުން މޮސްޓާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މީގެ ކުރިން ވެސް ޓޫރިޒަމް ހަލާކު ކުރަން ގެސްޓުން ގައުމަށް ގޮވާ ދަތިކުރުމުގެ ފިޔަވަޅު އަޅައި ބޭރުގެ ސިފައިން އަރަން ގޮވީ އިދިކޮޅަކުން ނޫން ކަމަށާއި ގައްދާރުންނާއި ޙާއިނުން ގިނަ އެމްޑީޕީން ގަޅި ގަމާރުކަމުން ކަމަށެވެ.

“މުހައްމަދު ޝިފާއު ހަމަ ބުއްދި އަށް ރުޖޫއަވެފައި ޓްވީޓުކުރަންވީނު.” މޮސްޓާ ވިދާޅުވިއެވެ.

ޝިފާޢު އިތުރަށް ވިދާޅުވީ ‏ދިވެހި އިޤުތިސާދު އިނދަ ޖައްސާލުމުގެ ބޭނުމުގަ އިދިކޮޅުފަރާތްތަކުން، ކުރެޑިޓު ކާޑުތަށް ބޭނުންކޮއްގެން ބަންގުލަދޭޝް މީހުނާއެކު މަނީ ލޯންޑްރީ ހިންގަން ފަށައިފި ކަމަށާއި މިކަން ތަހުގީގުކޮއް ވަގުތުން މިކަން ހުއްޓުވަން ޖެހޭ ކަމަށެވެ. އަދި އެއަމަލުތަށް ހިންގި ފަރާތްތަށް ވެސް ހިފާ ހައްޔަރުކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ވަރަށް ގަދަ
80%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 20%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: