ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންޑިއާގެ އެހީގައި ކޮޅުފުށީ މަގުތަކުގައި މަގުބައްތި ޖަހައިފި

ކޮޅުފުށީގައި މަގުބައްތި ޖަހައިފައި-- ފޮޓޯ: ކޮޅުފުށީ ކައުންސިލް
ޝެއާރކޮށްލާ ކަހަލަދޯ؟

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން މ.ކޮޅުފުށީގައި މަގުބައްތި ޖެހުމަށް ހިންގި މަޝްރޫއު ނިންމާލައިފިއެވެ.

ކޮޅުފުށި ކައުންސިލުން ހިންގި 1.5 މިލިއަން ރުފިޔާގެ އެ މަޝްރޫއުގެ ދަށުން އެ ރަށުގައި ވަނީ 115 މަގުމަތީ ލައިޓު ހަރުކޮށްފަ އެވެ.

މަޝްރޫއު ނިމުން ފާހަގަކުރުމަށް މިއަދު ބޭއްވި ވާޗުއަލް ރަސްމިއްޔާތުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި، ކޮޅުފުށި ކައުންސިލުގެ ރައީސް ހުސެން ޝާމިލް އަދި އިންޑިއާ ސަފީރު ސަންޖޭ ސުދީރު ބައިވެރިވެވަޑައިގެންނެވި އެވެ.

މިއަދުގެ ރަސްމިއްޔާތުގައި މިނިސްޓަރ ޝާހިދު ވިދާޅުވީ ކޮޅުފުށިގެ މަގުތަކުގައި މަގުބައްތި ޖެހުމުގެ މަޝްރޫޢަކީ އެރަށުގެ ރައްޔިތުންނަށް ވަރަށް މުހިއްމު ޕްރޮޖެކްޓެއް ކަމަށެވެ. އަދި އެކަމަށް ބޭނުންވާ އެހީ ހަމަޖައްސަވައިދެއްވިކަމަށްޓަކައި އިންޑިއާ ސަރުކާރަށް ޝާހިދު ވަނީ ޝުކުރު އަދާކުރައްވާފައެވެ.

ކޮޅުފުށީގެ މަތުގަތައް އަލިކުރެވުމުން، އެރަށުގައި ހިންގާ ކުށްތައް މަދުކުރެވި، ރަށުގެ ރައްޔިތުންނަށް މަގުތައް ބޭނުންކުރުމުގައި އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް މިނިސްޓަރު ޝާހިދު ވިދާޅުވިއެވެ.

އެ ރަސްމިއްޔާތުގައި ސަންޖޭ ވިދާޅުވީ މި މަޝްރޫއުއަކީ އިންޑިއާގެ ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމެންޓް ސްކީމްގައި ބައިވެރި ކުރުމަށް އެންމެ އެކަށޭނެ އެއް މަޝްރޫއު ކަމަށެވެ.

އިންޑިއާގެ އެހީގައި ހިންގާ މިފަދަ ހުރިހާ މަޝްރޫއަކީ ވެސް ލޯކަލް ކައުންސިލްތަކުގެ ބައިވެރިވުމާއެކު ކުރިއަށްދާ މަޝްރޫއުތައް ކަމަށާއި މަސައްކަތް ނިމުމާއެކު އެއީ އެ ރަށެއްގެ ރައްޔިތުންގެ މިލްކިއްޔާތަށް ވެގެން ދާނެ ކަމަށް ވެސް ސަންޖޭ ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: