ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަތޮޅު ހޮސްޕިޓަލްތަކަށް މެޑިކަލް އޮފިސަރުން ހޯދަން އިއުލާން ކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

އަތޮޅު ތަކުގެ ހޮސްޕިޓަލް ތަކައް ދިވެހި މެޑިކަލް އޮފިސަރުން ހޯދަން އިއުލާން ކޮށްފިއެވެ.

ހެލްތް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ، އެ މަގާމަށް ހޯދަން ބޭނުންވަނީ 50 ފަރާތެއް ކަމަށާއި، އަދި އެ މީހުންގެ މުސާރަތައް ކަނޑައަޅާނީީ ލިބިފައިވާ ތަޖުރިބާއާއި ތައުލީމަށް ބިނާކޮއް ކަަމަށެވެ.

އެ އިއުލާނުގައި ބުނެފައިވާ ގޮތުން 18 އަތޮޅުގެއްގެ ހޮސްޕިޓަލް ތަކަށް މެޑިކަލް އޮފިސަރުން ބޭނުންވެއެވެ.

މަގާމަށް އެދި ހުށަހަޅަންޖެހޭ ލިޔެކިއުންތަކާއެކު ފޯމު 24 ސެޕްޓެމްބަރުގެ 13:30 ގެ ކުރިން ޢިއުލާން ކުރެވިފައިވާ ހޮސްޕިޓަލް/ ޞިއްޙީ މަރުކަޒުތަކަށް ހުށަހަޅަން ޖެހޭނެއެވެ.

ހެލްތު މިނިސްޓްރީ އިން ވަނީ މީގެ ކުރިން އަތޮޅުތަކުގެ ހޮސްޕިޓަލް ތަކައް ގިނަ އަދެއްގެ ނަރުހުން ހޯދަންވެސް އިއުލާން ކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: