ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައްޑޫ އިންޓަނޭޝަނަލް އެއަރޕޯޓްގެ ވެލުއޭޝަނެއް ހަދަން އިއުލާން ކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓުގެ ވެލުއޭޝަނެއް ހަދަން ފިނޭންސް މިނިސްޓްރީން އިއުލާން ކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން ކުރި އިއުލާނުގައި ބުނެފައިވަނީ މިނިސްޓްރީން ތައްޔާރު ކޮށްފައިވާ ޓާމްސް އޮފް ރިފެންސްއާ އެއްގޮތަށް މިމަސައްކަތް ކޮށްދޭނެ ފަރާތެއް ބޭނުންވާ ކަމަށެވެ.

އޭއައިއޭގެ ވެލުއޭޝަން ހަދަން ނިންމާފައިވާއިރު، މިއަހަރުގެ ކުރީ ކޮޅު ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމެޓީން ވަނީ އެއާޕޯޓު ހާލަތު ބެލުމަށް ޒިޔާރަތް ކޮށްފައެވެ. މިޒިޔާރަތަށް ފަހު އެކޮމެޓީން ތައްޔާރުކޮށް ފާސްކުރި ރިޕޯޓުގައި ގިނަ ކަންކަން ވަނީ ފާހަގަކޮށްފައެވެ. އެގޮތުން އެއާޕޯޓު މިހާރު ހިންގަމުންދަނީ މާލީ ގިނަ ދަތިތަކާއެކުކަން ވަނީ ފާހަގަކޮށްފައެވެ.

ފިނޭންސް މިނިސްޓްރީން ވިދާޅުވީ، މިމަސައްކަތް ކުރަން ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 24 ވަނަ ދުވަހުގެ ކުރީން އަނދާސީ ހިސާބު ހުށަހެޅުމަށެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: