ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްއެމްޕީއާރުސީގެ މައްސަލައިގައި މަންފާ ލިބުނު ބައެއް އެބަތިބި، އެއްބާރުލުން ދޭނަން: އަދީބު

ކުރީގެ ނައިބް ރައީސް އަހުމަދު އަދީބް އަދި އަނބިކަނބަލުން ނަޝްވާ: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ދައުލަތާ އެކު އިއުތިރާފުގެ އެއްބަސްވުމެއް ހެދުމަށް މަޖުބޫރީ ހާލަތެއް ކުރިމަތިވެފައި ނެތް ކަމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ހައި ކޯޓުގައި ވިދާޅުވެއްޖެ އެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ވާހަކަ ދައްކަވަމުން އަދީބު ވިދާޅުވީ މި މައްސަލައަކީ މައުޟޫއީ ގޮތުން ކްރިމިނަލް ކޯޓުގައި ނިންމަން ޖެހޭ ދައުވާތަކެއްކަމަށް ދެކޭ ކަމަށެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރުސީ) ގެ ހިޔާނާތުގެ މައްސަލައިގައި އަދީބުގެ މައްޗަށް ދައުލަތުން ކްރިމިނަލް ކޯޓުގައި ހަތް ދައުވާއެއް އުފުލި ނަމަވެސް، ފަސް އަސާސެއްގެ މައްޗަށް ބިނާކޮށް އެ ދައުވާތައް ވަނީ ބޭރުކޮށްލާފައެވެ. މިދިޔަ ޖުލައި މަހުގެ ތެރޭގައި ކްރިމިނަލް ކޯޓުން އެ ހުރިހާ މައްސަލައެއް ވެސް ބާތިލު ކުރުމާއި އެކު، ހަމަ އެ ހަފްތާގެ ތެރޭގައި މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށް އަޑުއެހުންތައް ބޭއްވިއެވެ.

އަދީބު މިވަގުތު ހުންނެވީ އިސްތިއުނާފުގެ އަޑުހުންތައް ނިމެންދެން ބަންދުގައެވެ. ޝަރީޢަތް ނިމެންދެން އަދީބު ބަންދުގައި ބެހެއްޓުމުގެ އަމުރުކޮށްފައިވަނީ އަދީބު ފިލާފާނެ ކަމުގެ ބިރު އޮތުމާއި އަދި މީގެ ކުރިން ބަންދުގައި ބެހެއްޓިއިރު ފިލަން މަސައްކަތްކޮށްފައި ވާތީއެވެ.

އެމްއެމްޕީއާރުސީ މައްސަލައިގައި އަދީބަށް އުފުލާފައިވާ ދައުވާތަކުގެ ތެރޭގައި ޓޫރިޒަމް މިނިސްޓަރު ކަމުގެ މަގާމުގައި ހުންނަވައިގެން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ފައިދާ ހޯދައިދިނުމުގެ ދައުވާ ހިމެނެއެވެ. އަދީބުގެ މައްޗަށް ހަތް ދައުވާ ވެސް އުފުލީ އެމްއެމްޕީއާރްސީގެ ތެރެއިން 2014 ވަނަ އަހަރުން ފެށިގެން 2015 ވަނަ އަހަރާއި ދެމެދު ހިންގި ކޮރަޕްޝަނާއި މަނީލޯންޑްރިން މައްސަލައާއި ގުޅިގެންނެވެ.

ވަކީލަކު ހަމަޖެއްސުމަށް 10 ދުވަހުގެ މުއްދަތެއް ދިނުމަށް އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި އަދީބު އެދުނު ނަމަވެސް މިއަދު ބޭއްވި މައްސަލައިގެ އަޑުއެހުމުގައި އަދީބު ވިދާޅުވީ މައްސަލަ ކުރިޔަށް ގެންދިއުމަށް ނިންމާފައިވަނީ ވަކީލަކާއި ނުލާ ކަމަށެވެ. އަދީބަށް ދިން ފުރުސަތުގައި އޭނާ ވިދާޅުވީ، ކްރިމިނަލް ކޯޓުން މައްސަލަތައް ބާތިލް ކުރުމުގައި ބަލާފައިވާ އަސާސްތަކުގެ މައްޗަށް ދައުލަތުން ދެއްކި ވާހަކައަށް ދޭން ރައްދެއް ނެތް ކަމަށެވެ.

އަދީބު ވިދާޅުވީ، މައްސަލައިގެ އަޑުއެހުންތައް ކުރިޔަށް ގެންދިޔައީ އޮންލައިންކޮށް ކަމުން އަޑުއެހުންތަކުގައި ދެކެވުނު ވާހަކަތައް އެހާ ސާފެއް ނޫނެވެ. ކްރިމިނަލް ކޯޓުން އަދީބުގެ މައްޗަށް އުފުލާފައިވާ ހަތް ދައުވާ ބާތިލު ކުރިއިރު ވަނީ ދައުލަތާއި އަދީބައި މެދު ވެފައިވާ އެބަސްވުން އެއީ މަޖުބޫރުން ގާއިމްކުރި އެއްބަސްވުމެއް ކަމަށެވެ. ދައުލަތުން ވެސް މިއަދުގެ އަޑުއެހުމުގައި ވަނީ ގިނަ ނުކުތާތަކެއް ފާހަގަކޮށް، އަދީބަށް އެއްވެސް ކަމަކަށް މަޖުބޫރު ކުރި ކަމަށް ނުވަތަ ބޭސްފަރުވާއަށް ފޮނުވުމުގެ އެއްވެސް ޝަރުތެއް ކުރިކަމަށް ބެލެވޭނެ އެއްވެސް ހަމައެއް ނެތް ކަމަށް ބުނެފައެވެ. އަދި ދައުލަތުން ދެއްކެވި ވާހަކައަށް އަދީބު ވިދަޅުވީ އެފަދަ އެއްވެސް ހާލަތެއް ކުރިމަތިވެފައި ނުވާ ކަމަށެވެ.

އަދީބު ވިދާޅުވީ، މައްސަލައަށް އެއްބާރުލުން ދޭން އިސްވެ ހުށަހެޅީ ވެސް އޭނާ ކަމަށެވެ. އަދީބު ވިދާޅުވީ މައްސަލައިގައި މަންފާ ލިބުނު ބައެއް އެބަތިބި ކަމަށާއި، އެއްބާރުލުން ދެމުން ގެންދާނެ ކަމަށެވެ.

އަދީބު ވިދާޅުވީ ކޯޓުގައި އެއްވެސް ވާހަކައެއް ދެއްކުމުގެ މަޖުބޫރުކަމަކާއި ކުރިމަތިލާން ނުޖެހޭ ކަމަށެވެ. އަދީބު ވިދާޅުވީ އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ރިޔާޒާއި، ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް ބިޝާމް އޭނާއި މެދު ޓޯޗާގެ އަމަލެއް ހިންގިކަމަށް އެއްވެސް އިރެއްގައި ބުނެފައި ނޯންނާނެ ކަމަށެވެ. އެހެން ނަމަވެސް އޮންލައިންކޮށް ޝަރީއަތްތައް ކުރިޔަށް ގެންދިޔަ އިރު ކޮންމެވެސް ވަރެއްގެ އޮޅުންތަކެއް އައި ކަމަށާއި އޭގެ ފަހުން ވަކީލުންނާއި ބައްދަލުވެ ލިޔެކިއުންތައް ބެލުމުން އެކަން ސާފުވެގެން ދިޔަ ކަމަށް އަދީބު ވިދާޅުވިއެވެ.

މީގެ އިތުރުން އަދީބު ވިދާޅުވީ މައްސަލަ ބެލުމުގައި ސަރުކާރުގެ ނިޔަތާއި މެދު ސުވާލެއް ނެތް ކަމަށެވެ. އަދި މައްސަލައިގެ ތެރެއިން ދައުލަތަށް ގެއްލުނު ފައިސާ އަނބުރާ ހޯދަންޖެހޭކަން ގަބޫލުކުރާ ކަމަށް އަދީބު ވިދާޅުވިއެވެ.

ދައުލަތުން އަދީބުގެ މައްޗަށް އުފުލި ހަތް ދުވައުވާގެ ތެރޭގައި ހިމެނެނީ:

  • މަނީ ލޯންޑްރިންގެ ދެ ދައުވާ
  • ހިޔާނާތުގައި ބައިވެރިވި ކަމުގެ ދެ ދައުވާ
  • މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ދައުވާއެއް
  • މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދުމުގެ ދައުވާ
  • ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާ

އަދީބުގެ މައްޗަށް އުފުލެން ހުރި ދައުވާތަކުގެ ތަފްސީލު ހިއްސާ ކުރައްވާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕްރޮސެކިއުޓާރ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވީ، މިހާރުވެސް އަދީބުގެ މައްޗަށް ގިނަ ދައުވާތަކެއް އުފުލިދާނެ ކަމަށެވެ. އޭގެ ތެރޭގައި ހިމެނޭ 150 ދައުވާއެއް އެއީ ޕީޖީ އޮފީހާއި އެކު އަދީބު މީގެ ކުރިން ވެފައިވާ އެއްބަސްވުން ބާތިލް ކުރި ނަމަވެސް އުފުލެން ހުރި ދައުވާތަކެއްކަމަށް ޝަމީމް ވިދާޅުވިއެވެ. އަދި ދައުވާތައް ސާބިތުވެއްޖެނަމަ 800 އަހަރަށް ވުރެ ކުރުނޫން މުއްދަތެއްގެ ޖަލު ހުކުމްތަކެއް އަދީބުގެ މައްޗަސް އަންނާނެ ކަމަށް ޕީޖީ ޝަމީމް ފާހަގަ ކުރެއްވިއެވެ.

އަދީބުގެ މައްޗަށް އުފުލި ހަތް ދައުވާގެ އިސްތިއުނާފުގެ އަޑުއެހުންތައް ހައިކޯޓުގައި ވަނީ ނިންމާލާފައެވެ. މައްސަލައިގައި ސާފުކުރަންޖެހޭ އިތުރު ކަމެއް ނެތް ނަމަ ދެން އޮންނާނީ ހުކުމް އިއްވުންކަމަށް އަޑުއެހުން ނިންމަލުމުގެ ކުރިން ބެންޗުން ވަނީ އިއުލާނުކޮށްފައެވެ.

މައްސަލަ ބައްލަވަނީ ފަނޑިޔާރު ހުސައިން މަޒީދާއި ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާގެ އަދި ފަނޑިޔާރު މުހައްމަދު ނިޔާޒެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: