ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެންޑީއެމްއޭއިން ފެސިލިޓީތަކަށް ކާބޯތަކެތި ފޯރުކޮށްދިނީ އެތައް ގުނައެއް ބޮޑު އަގުގައިކަން ހާމަވެއްޖެ

ޝެއާރކޮށްލާ ކަހަލަދޯ؟

ކަރަންޓީން ފެސިލިޓީގެ ގޮތުގައި ބޭނުން ކުރެވުނު ބައެއް ރިސޯޓުތަކުގައި ތިބި ފަރާތްތަކަށާއި މާލޭގައި ޙާލުގައި ޖެހުނު ފަރާތްތަކުގެ ކެއިން ބުއިމުގެ ކަންކަން ހަމަޖެއްސުމަށްޓަކައި އެތަންތަނަށް ކާބޯތަކެތި ފޯރުކޮށްދީފައި ވަނީ ސަރުކާރުން ކަނޑައަޅާފައިވާ ކޮންޓްރޯލްޑް އަގުތަކަށްވުރެ ބޮޑު އަގުގައި ކަމާއި، އާންމުކޮށް ތަކެތި ގަންނަން ލިބެން ހުންނަ އަގަށްވުރެ އެތައް ގުނައެއް ބޮޑު އަގުގައިކަން ހާމަވެއްޖެއެވެ.

ކޮވިޑް-19 އާ ގުޅިގެން ނޭޝަނަލް ޑިޒާސްޓަ މެނޭޖްމަންޓް އޮތޯރިޓީ އިން ކުރި ހަރަދުތަކުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓު އާންމުކޮށްފައިވާއިރު، އެ ރިޕޯޓުގައި ބުނެފައި ވަނީ އިކޮނޮމިކް މިނިސްޓްރީން މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި ނެރެފައިވާ އިއުލާނުގައި، މުދާ ގަންނަ ފަރާތްތަކާއި ޚިދުމަތް ލިބިގަންނަ ފަރާތްތައް ހިމާޔަތްކުރުމުގެ ޤާނޫނޫގެ ދަށުން އެ ވަގުތު އިޤްތިސާދީ ހާލަތު ހުރި ގޮތަށް ރިޢާޔަތްކޮށް ބައެއް ތަކެތީގެ އަގު ކޮންޓްރޯލް ކުރުމަށް ނިންމާފައިވާ ކަމަށެވެ.

އޮޑިޓު ރިޕޯޓުގައި ބުނެފައިވާ ގޮތުގައި 2018ވަނަ އަހަރުގެ އޭޕްރީލް މަހުގެ ފަސްވަނަ ދުވަހުން ފެށިގެން ސަރުކާރުން ކާޑުގެ ބާވަތްތަކުގެ ކޮންޓްރޯލް އަގު ހެޔޮ ކުރުމާއި ގުޅިގެން މާލެއިން ވިއްކާ ހަނޑޫ، ހަކުރު ފުށުގެ އަގު ކަނޑައަޅާފައިވާ ކަމަށެވެ.

އެގޮތުން މީހުން ދިރިއުޅޭ ރަށެއްގައި ފިޔާ އަދި އަލުވި ކިލޯއެއް ވިއްކޭނެ އެންމެ ބޮޑު އަގަކީ 20 ރުފިޔާ ކަމަށާއި، ރީނދޫ މުގު ކިލޯއެއް އެންމެ ބޮޑުކޮށް ވިއްކޭނީ 45 ރުފިޔާ އަށް ކަމަށާއި އަދި ބިހެއް ވިއްކޭނެ އެންމެ ބޮޑު އަގަކީ 1.80 ކަމަށް މިނިސްޓްރީން ވަނީ ކަނޑައަޅައިފައެވެ.

އެހެންނަމަވެސް އޮޑިޓުގައި ބުނެފައި ވަނީ މީގެތެރެއިން ބައެއް ތަކެތި އެންޑީއެމްއޭ އިން ގަނެފައިވާއިރު ސަރުކާރުން ކަނޑައަޅާފައިވާ އަގަށްވުރެ ބޮޑު އަގެއްގައި ގަނެފައިވާ ކަމަށެވެ. އެގޮތުން ހަނޑޫ ވެސް ފަސް ރުފިޔާއިން ފެށިގެން 8 ރުފިޔާއާ ހަމައަށް ގަނެފައިވެއެވެ. ހަކުރު ކިލޯއެއް 5.30 ލާރިން ފެށިގެން 16 ރުފިޔާއާ ހަމައަށް ގެނެފައިވާ ކަމަށް އޮޑިޓުން ދައްކައެވެ. ހަމަ އެގޮތަށް ފުށްވެސް 8 ރުފިޔާ އަދި އެއަށްވުރެ އަގުބޮޑުކޮަށް ގަނެފައި އެބަހުއްޓެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 33%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 17%ވަރަށް ދެރަ 50%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: