ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދެވަނަ ފަހަރަށް އިސްރާއީލު ފުރަބަންދުކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

އިސްރާއީލުގައި ކޯވިޑް-19 ފެތުރޭ މިންވަރު އިތުރުވުމުގެ ސަބަބުން ދެވަނަ ފަހަރަށް އެ ޤައުމު ފުރަބަންދުކުރަން ނިންމައިފިއެވެ.

މިދިޔަ ހަފުތާއިން ފެށިގެން ދުވާލަކު 4،000އަށްވުރެ ގިނަ މީހުންނަށް އެ ޤައުމުގައި ބަލިޖެހެން ފަށައިފައިވާތީ ދެވަނަ ފަހަރަށް ޤައުމު ފުރަބަންދުކުރުމަށް ކަމާބެހޭ ފަރާތްތަކުންވަނީ ނިންމާފައެވެ. އިސްރާއީލުގެ ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫ ވިދާޅުވީ ތިން ހަފުތާއަށް ޤައުމު ފުރަބަންދުކުރަން ނިންމާފައިވަނީ ކުރިއަށްއޮތް ޔަހޫދީންގެ ޢީދާ ދިމާކޮށް ބަލިފެތުރުން މަދުކުރުމަށްކަމަށެވެ.

އިސްރާއީލުގައި މިހާތަނަށް 156،000 މީހުންނަށް ކޯވިޑް-19 ޖެހި 1،119 މީހުންވަނީ މަރުވެފައެވެ. މިދިޔަ މާރޗު މަހުގެ ތެރޭގައިވެސް ހަރުކަށި ފުރަބަންދެއް އިސްރާއީލުގައިވަނީ ޤާއިމްކޮށްފައެވެ. ނަމަވެސް ބަލި ފެތުރޭ މިންވަރު ދަށަށް ދިޔުމުން ފިޔަވަޅުތައްވަނީ އުވާލައިފައެވެ.

ދެވަނަ ފަހަރަށް އިސްރާއީލު ފުރަބަންދުކުރަން ނިންމާފައިވަނީ ފާއިތުވި 13 ހަފުތާގައި ބޮޑުވަޒީރު ނަތަންޔާހޫއާމެދު ޢާންމުން ހިތްހަމަނުޖެހި ސިލްސިލާ މުޒާހަރާތަކެއް އެ ޤައުމުގައި ބާއްވަމުންދަނިކޮށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 100%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: