ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެންޑީއެމްއޭގެ ވެރިންނާއި ފިނޭންސް މިނިސްޓަރު ހައްޔަރުކޮށް މައްސަލަ ތަހުގީގު ކުރަން ޖެހޭ: ޝަހީމް

ޝެއާރކޮށްލާ ކަހަލަދޯ؟

އޮޑިޓް ރިޕޯޓުގެ މައްސަލާގައި ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ(އެންޑީއެމްއޭ)ގެ ވެރިންނާއި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ހައްޔަރު ކޮށް ބަންދުގައި ބަހައްޓައިގެން މައްސަލަ ތަހުގީގު ކުރަން ޖެހޭ ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޝަހީމް މިހެން ވިދާޅުވި އެންޑީއެމްއޭގެ އޮޑިޓް ރިޕޯޓްތަކުން ކޮރަޕްޝަންގެ ގިނަ މައްސަލަތަކެއް ފެންމަތިވުމާ ގުޅިގެންނެވެ.

އެގޮތުން ޝަހީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވައްކަން ހުއްޓުވަން ރައްޔިތުންގެ މަޖިލީހުގެ ގާނޫނީ ޒިންމާ އުފުލަން ޖެހޭ ކަމަށާއި މުޅި ދައުލަތް މިދަނީ ކޮރަޕްޝަންގެ ތޫފާނުގައި ޖެހި ފުނޑެމުން ކަމަށެވެ.

ޝަހީމް ކުރެއްވި އިތުރު ޓްވީޓެއްގައި ވިދާޅުވީ އިންސާނީ މިވަރުގެ ބޮޑު ކާރިސާއެއްގެ ތެރޭގައި ރައްޔިތުން ދަތިޙާލުގައި ހޭދަކުރަމުންދާއިރު، ބައިތުލްމާލުން ބޮޑެތި ވައްކަންކުރަމުންދާ ދިއުން ހުއްޓުވަންޖެހޭ ކަމަށެވެ. އަދި ކޮވިޑް ކާރިސާގެ ތެރޭގައި ދައުލަތުން ވައްކަންކުރަމުންދާ ފަރާތްތަކާމެދު ޤާނޫނުގައި ބަޔާންކުރާ އެންމެ ހަރުކަށި އަދަބު ދޭންޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެންޑީއެމްއޭގެ އޮޑިޓުން ދައްކާ ގޮތުގައި ފެސިލިޓީތަކުގައި ތިބި މީހުންނަށް ކާން ދިނުމަށް އަގު ކޮންޓްރޯލް ކޮށްފައިވާ ކާބޯތަކެތި ވެސް ގަނެފައިވަނީ އެއަށް ވުރެ ބޮޑެތި އަގުތަކުގައެވެ. އަދި ހިލޭ އެހީގެ ގޮތުގައި ލިބުނު ތަކެތި ވެސް އެ އިދާރާއާ ހަވާލުކުރި ފަހުން ވީނުވީއެއް ނޭނގޭ ކަން ހާމަވެފައިވެއެވެ. ކޮވިޑުގެ އޮޕަރޭޝަން ފްރަންޓްލައިނުގައި މަސައްކަތް ކުރާ ފަރާތްތަކާއި އަދި މި އޮޕަރޭޝަންއާއި ގުޅިގެން ހަރަކާތްތެރިވި އެހެނިހެން ފަރާތްތަކަށް މާލެއާއި ހުޅުމާލޭގެ ގެސްޓްހައުސްތަކުގައި އެކަމޮޑޭޝަން ހަމަޖައްސާފައިވާއިރު ދައުލަތުގެ މާލިއްޔަތު ގަވައިދުގައި ވާ ގޮތަށް އެއްބަސްވުމެއް ގާއިމްކޮށްފައި ނެތެވެ.

ދައުލަތުގެ މުއައްސަސާތަކުން ކޮވިޑް-19 އާ ގުޅިގެން ކޮންމެ ކުއާޓާއެއްގައި ކުރާ ޚަރަދުތަކާއި ހިލޭ އެހީއާއި ދަރަނީގެ އޮޑިޓެއް ހެދުމަށް ރައްޔިތުންގެ މަޖިލީހުން ވަނީ ފާސްކޮށްފައެވެ. އަދި ވޭތުވެ ދިޔަ ދުވަސްތަކުގެ ތެރޭގައި އެކި މިނިސްޓްރީތަކުން ކުރި މަސައްކަތްތަކުގެ އޮޑިޓުތައް އާއްމުކޮށްފައިވާއިރު ހެލްތް މިނިސްޓްރީ އާއި ޓޫރިޒަމް މިނިސްޓްރީގެ އޮޑިޓުން ވަނީ ބޮޑެތި އޮޅުވާލުންތަކާއި ކޮރަޕްޝަންގެ އަމަލުތަކެއް ފެންމަތިވެފައެވެ.

ވަރަށް ގަދަ
13%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 60%ހައިރާންވެއްޖެ 27%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: