ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިވިލް ކޯޓުގެ ގާޒީ ޒުބައިރުގެ މައްސަލަތަކެއް ޖޭއެސްސީން ބަލަނީ

ޝެއާރކޮށްލާ ކަހަލަދޯ؟

ސިވިލް ކޯޓުގެ ޤާޒީ ޒުބައިރު މުޙައްމަދާ ގުޅުހުންހުރި މައްސަލަތަކެއް ބަލަމުންދާ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން(ޖޭއެސްސީ) އިން ބުނެފިއެވެ.

ޖޭއެސްސީން ބުނެފައިވަނީ ގާޒީ ޒުބައިރު ގެ ތަހުގީގު ކުރަމުން އަންނަނީ ސިޔާސީ ހަރަކާތްތަކާއި ޖަމިއްޔާއެއްގެ މަސައްކަތުގައި ޢަމަލީގޮތުން ބައިވެރިވާކަމަށް އެ މިކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލައެއް ކަމަށެވެ.

ގާޒީ ޒުބައިރުގެ އެމައްސަލަ ބަލަން ތަހުގީގު ކޮމިޓީއެއް އެކުލަވާލަން ނިންމާފައިވާ ކަމަށް ވެސް ޖޭއެސްސީން ބުނެފައިވެއެވެ.

މީގެ ކުރިން ޖޭއެސްސީން ވަނީ ސިވިލް ކޯޓުގެ އިސް ގާޒީ ޢަބްދުﷲ ޢަލީގެ ސީރިއަސް މައްސަލަތަކެއް ބަލަމުންދާކަންވެސް ހާމަކޮށްފައެވެ. އެއީ ސިވިލް ކޯޓަށް ހުށަހެޅިފައިވާ މައްސަލައެއްގައި ދަޢުވާކުރާ ފަރާތުގެ ބަދަލުގައި ކޯޓަށް ޙާޟިރުވުމަށް ޢައްޔަންކޮށްފައިވާ ފަރާތު ކޯޓަށް ހާޟިރު ނުކޮށް މައްސަލަ ބާޠިލުކޮށްފައިވާ ކަމަށް ބުނާ މައްސަލައެއް ކަަމަށް ޖޭއެސްސީން މިދިޔަ ޖޫން މަހު ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: