ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޝިޕިން އެޖެންސީގެ ގަވާއިދު ގެޒެޓު ކުރުމަށް ފަހު އުވާލައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގައި ޝިޕިންގ އެޖެންސީގެ ޚިދުމަތް ދިނުމާބެހޭ ޤަވާޢިދު ގެޒެޓް ކުރުމަށްފަހު އުވާލައިފިއެވެ.

ޝިޕިންގ އެޖެންސީގެ ޚިދުމަތް ދިނުމާބެހޭ ގަވާއިދު މި އަހަރުގެ ޖުލައި މަހުގެ 16 ވަނަ ދުވަހު ގެޒެޓް ކުރުމާ އެކު އެ ޚިދުމަތްދޭ ކުންފުނިތައް ރަޖިސްޓަރީ ކުރުމަށްވަނީ 30 ދުވަހުގެ މުއްދަތެއް ދީފައެވެ. އެގޮތުން އެމުއްދަތު ހަމަވެފައިވަނީ މިދިޔަ މަހުގެ 16 އަށެވެ. ނަމަވެސް މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީން ވަނީ އެ މުއްދަތު މި މަހުގެ 16 ވަނަ ދުވަހާ ހަމައަށް އިތުރުކޮށްދީފައެވެ.

އެގޮތުން އިއްޔެއަށް މުއްދަތު ހަމަވުމާ ގުޅިގެން ޓްރާންސްޕޯޓް އޮތޯރިޓީން ކުރި އިއުލާނެއްގައި ބުނީ ދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތަކުން، ޤަވާއިދުގައި މައްސަލަތަކެއް ހުރިކަން ފާހަގަކޮށް ކަންބޮޑުވުން ފާޅުކޮށްފައިވުމާއި އަދި މިޤަވާއިދުގައި ބައިނަލް އަޤުވާމީ މިންގަޑުތަކާއި ތަޢާރަޒުވާ ޓެކްނިކަލް މައްސަލަތަކެއް ހުރުމާއެކު، މުރާޖާކުރުމަށް ޓަކައި މިޤަވާއިދު އުވާލާފައިވާ ކަމަށެވެ.

ޝިޕިންގ އެޖެންސީގެ ޚިދުމަތް ދިނުމާބެހޭ ގަވާއިދުގައި ބުނެފައި ވަނީ ޓްރާންސްޕޯޓް އޮތޯރިޓީގައި ރަޖިސްޓަރީނުކޮށް އެއްވެސް ފަރާތަކުން ޝިޕިންގ އޭޖެންސީގެ ޚިދުމަތް ދިނުމަކީ މަނާކަމެއްކަމަށެވެ.

ޤަވާއިދު ކުރިން އޮންނަ ގޮތުން އިކޮނޮމިކް މިނިސްޓްރީގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ކޮންމެ ކުންފުންޏަކަށް ޝިޕިން އެޖެންޓުންގެ ގޮތުގައި ވަކި ހާއްސަ ލައިސަންސަކާއި ނުލާ ހަރަކާތްތެރިވެވޭނެއެވެ. މިއީ ބައިނަލްއަޤްވާމީ ގޮތުން މިކަން އޮންނަ ގޮތެއް ނޫންކަމަށް ބުނެ ޝިޕިންގ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: