ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައިޖީއެމްއެޗާ ޖެންޑަރ މިނިސްޓްރީގެ ކޯލް ސެންޓަރަށް ބޭނުންވާ ބައެއް ތަކެތި ޔޫއެންޑީޕީން ހަދިޔާކޮށްފި

ފޮޓޯ/ ޕީއެސްއެމް ނިއުސް
ޝެއާރކޮށްލާ ކަހަލަދޯ؟

އައިޖީއެމްއެޗްގެ އިތުރުން ޖެންޑަރ މިނިސްޓްރީގެ ކޯލްސެންޓަރަށް ބޭނުންވާ ބައެއް ސާމާނު ޔޫއެންޑީޕީން ހަދިޔާކޮށްފިއެވެ.

ޔޫއެންޑީޕީގެ ރެސިޑެންޓް ރެޕްރެޒެންޓެޓިވް އަކިކޯ ފުޖީ މިތަކެތި ހަވާލުކޮށްދެއްވާފައިވާޢިރު، ޔޫއެންޑީޕީގެ ފަރާތުން މި އެހީ ދީފައިވަނީ ކޯވިޑް-19ގެ މި ޙާލަތުގައިވެސް، އިޖްތިމާޢީގޮތުން ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް މެދުނުކެޑި ދެވޭނެ މަގު ފަހިކުރުމަށެވެ.

ޔޫއެންޑީޕީން ވިދާޅުވި ގޮތުގައި ކޯވިޑް-19ގެ މިޙާލަތަކީ ބައްދަލުކޮށް މައްސަލަ ހުށައެޅުމާއި، އެހީ ހޯދުން އެންމެ އެކަށީގެންވާ ވަގުތަކަށް ނުވާތީ، މިފަދަ ބައްދަލުވުންތައް ވީހާވެސް މަދުވާނެހެން މަސައްކަތްތައް ރާވަންޖެހިފައިވާކަމަށާއި، އަދި މި ހަދިޔާކުރި ތަކެތީގެ ސަބަބުން ހާޒިރުވެގެން ބައްދަލުވުންތައް ބޭއްވުމުގެ ބަދަލުގައި، ވަރޗުއަލްކޮށް ބައްދަލުވުންތައް ކުރިއަށްގެންގޮސް، އެހީ ބޭނުންވާ މީހުންނަށް އެހީ ފޯރުކޮށްދިނުމުގައި ލުއި ތަކެއް ލިބިގެންދާނެ ކަމަށް އެފަރާތުން ދެކޭ ކަމަށެވެ.

މި ހަދިޔާކުރި ތަކެތީގެ ސަބަބުން ކޯވިޑް-19ގެ މި ޙާލަތުގައި އައިޖީއެމްއެޗްގެ ސެންޓަރ ފޯރ މެންޓަލް ހެލްތުން ޚިދުމަތްތައް ދިނުމުގައި ދިމާވި ދަތިތަކަށްވެސް ޙަލެއް ލިބިގެންދާނެކަމަށް އެހޮސްޕިޓަލުން ވަނީ ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: