ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގްރީން ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ 93 އިންސައްތަ ދަށަށް

ޝެއާރކޮށްލާ ކަހަލަދޯ؟

ޖޫންމަހު ދައުލަތަށް ގްރީން ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ މިދިޔަ އަހަރުގެ ޖޫންމަހާއި އަޅައި ބަލާއިރު 93 އިންސައްތަ ދަށަށް ހިނގައްޖެއެވެ.

ފިނޭންސް މިނިސްޓްރީން އާއްމުކޮށްފައިވާ ހިސާބުތައް ދައްކާގޮތުން މިދިޔަ ޖޫންމަހު ގްރީން ޓެކްސްގެ ގޮތުގައި ދައުލަތަށް ލިބިފައިވަނީ 3.9 މިލިއަން ރުފިޔާއެވެ.

މިދިޔަ އަހަރުގެ ޖޫންމަހު ގްރީން ޓެކްސްގެ ގޮތުގައި ދައުލަތަށް ލިބުނު 56.4 މިލިއަން ރުފިޔާއެވެ.

މިއީ  93.08 އިންސައްތަ މަދު އަދަދެކެވެ.

ޖޫންމަހު ގްރީން ޓެކްސްގެ ގޮތުގައި 3.9 މިލިއަން ރުފިޔާ ލިބިފައިވާއިރު، އޭގެ ތެރެއިން 3.5 މިލިއަން ރުފިޔާއަކީ ރިސޯޓްތަކުން ގްރީން ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީއެވެ.

ގެސްޓް ހައުސްތަކުން ގްރީން ޓެކްސްގެ ގޮތުގައި ލިބިފައިވަނީ އެއްލައްކަ ނުވަދިހަ ނުވަ ހާސް ރުފިޔާއެވެ. ސަފާރީތަކުން އެއްލައްކަ ނުވަދިހަ ފަސް ހާސް ރުފިޔާ ގްރީން ޓެކްސްގެ ގޮތުގައި ލިބިފައިވެއެވެ. އަދި ހޮޓާތަކުން ލިބިފައިވަނީ 15 ހާސް ރުފިޔާއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: