ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެކައުންޓު ސަސްޕެންޑު ކުރީ ރައީސް ނަޝީދު އަންގައިގެން އެމްޑީޕީ އެކްޓިވިސްޓުން ރިޕޯޓު ކުރުމުން: އަލްހާން

މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ އަލްހާން ނޫސްވެރިންނާއި ބައްދަލު ކުރެއްވުން - ފޮޓޯ: އަވަސް އޮންލައިން
ޝެއާރކޮށްލާ ކަހަލަދޯ؟

މާލެ ސިޓީ މޭޔަރުކަމަށް އަމިއްލަ ކެނޑިޑޭޓެއްގެ ގޮތުގައި ވާދަ ކުރައްވާ އަލްހާން ފަހުމީގެ ޓްވިޓާ އެކައުންޓް ރެސްޓްރިކްޓްކޮށްފިއެވެ،

ފަަހަކަށް އައިސް ސިޔާސީ ގިނަ ބައެއްގެ އެކައުންޓުތައް ސަސްޕެންޑުވަމުން ދާއިރު، އަލްހާންގެ އެކައުންޓު ވެސް ސަސްޕެންޑުކޮށްފައިވަނީ ކޮން ސަބަބަކާއި ހުރެކަން ސާފެއް ނޫނެވެ. އާ އެކައުންޓެއް މެދުވެރިކޮށް އަލްހާން ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ މިހާރު ބޭނުން ކުރަމުން ދަނީ “އޮފީސް އޮފް އަލްހާން ފަހުމީ” ގެ ނަމުގައި ހަދާފައިވާ އެކައުންޓެއް ކަމަށެވެ،

މީގެ އިތުރުން އަލްހާން ވިދާޅުވީ އޭނާއަށް މައުލޫމާތު ލިބިފައިވާ ގޮތުން، އެކައުންޓު އެކި ފަހަރުމަތީން ރިޕޯޓުކޮށްފައިވަނީ އެމްޑީޕީގެ އެކްޓިވިސްޓުންނެވެ. އަދި އެއީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ އެންގެވުމަށް ހިންގި އަމަލެއް ކަމަށް ވިދާޅުވިއެވެ.

ފަހަކަށް އައިސް އެމްޑީޕީއާއި ރައީސް ނަޝީދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ގެންދަވާ އަލްހާން ވަނީ ރައީސް ނަޝީދު ރާއްޖެއަށް ބަރުލަމާނީ ނިޒާމެއް ގެންނަން އުޅުއްވާތީ އެކަމަށް ވެސް ފާޑުވިދާޅުވެފައެވެ. އަދި ރާއްޖެއަށް ބަރުލަމާނީ ނިޒާމެއް ނުގެނެވޭނެ ކަމަށާއި، ރައީސް ނަޝީދަކީ ފެއިލް ވެފައިވާ ބޭފުޅެއް ކަމަށް އަލްހާން ވިދާޅުވެފައި ވެއެވެ.

މީގެ އިތުރުން އަލްހާން ވިދާޅުވެފައިވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ސަރުކާރު ރަނގަޅަށް ނުހިންގެނީ ރައީސް ނަޝީދުގެ ސަބަބުން ކަމަށެވެ. އަދި ރައީސް ނަޝީދު ރާއްޖޭގެ ވެރިކަން ބޭނުން ވިޔަސް، އަމިއްލަފުޅަށް އިސްތިއުފާ ދެއްވި ދުވަހު ފެއިލް ވެފައިވާ ކަމަށް އަލްހާން ވިދާޅުވެފައި ވެއެވެ.

ވަރަށް ގަދަ
65%ވަރަށް ގަދަ 6%ވަރަށް ގަޔާވޭ 17%ބޮޑު ޖޯކެއް 5%ހައިރާންވެއްޖެ 0%ވަރަށް ދެރަ 8%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: