ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަނގަ ހައްދު ޖެހުން ހުއްޓާލާފައި ނެތް ނަމަ ޖަމީލުގެ އެންމެ ދަތެއް ވެސް މިހާރު ނުހުންނާނެ: އަނދުން ހުސައިން

ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި އަނގަ ހައްދު ޖެހުން ހުއްޓާލާފައި ނެތް ނަމަ ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދުގެ އެންމެ ދަތެއް ވެސް މިހާރު ނުހުންނާނެ ކަމަށް ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަމީމް(އަނދުން ހުސައިން) ވިދާޅުވެއްޖެއެވެ.

އަނދުން ހުސައިން މިހެން ވިދާޅުވީ ކޮވިޑާ ގުޅިގެން ރައްޔިތުން ބަނޑަށް ޖެހި ދެކޮޅު ނުޖެހިގެން އުޅޭއިރު ވެރިން ތިބީ އެންއީއޯސީ ތެރޭގައި ބަައިއަޅަން ކަމަށް ޖަމީލު ވިދާޅުވުމާ ގުޅިގެންނެވެ.

ޖަމީލަށް ރައްދު ދެއްވަމުން އަނދުން ހުސައިން ވިދާޅުވީ ހިތާމައިގެ ކޮޅެއް ނެތް ކަމަށާއި ރާއްޖޭގައި އަނގަ ހައްދު ޖެހުން ހުއްޓާލާފައި ނެތް ނަމަ ޖަމީލުގެ އެންމެ ދަތެއް ވެސް މިހާރު ނުހުންނާނެ ކަމަށެވެ.

“ދޮގު ހަދަމުންގޮސް ކައްޒާބަށް ވެފަ މިޙާރު.” އަނދުން ހުސައިން ވިދާޅުވިއެވެ.

ޖަމީލު މި މަހުގެ 16 ވަނަ ދުވަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައްޔިތުން ބަދިގެތެރެއަށް ވައްދާފައި ވެރިން ވަނީ ތިޖޫރި ތެރެއަށް ކަމަށާއި ތަރައްޤީ ވަޒަންކުރަނީ ވަޒީރުންގެ ދަތުރުތަކުންތޯ ސުވާލު ކުރައްވާފައެވެ.

“އެމްޑީޕީއަށް ތަރައްޤީ މި ކުރެވުނީ ހުސް ކޮރަޕްޝަން ނޫންތޯ؟” ޖަމީލު ވިދާޅުވިއެވެ.

ވަރަށް ގަދަ
80%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 20%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. އެއީތެދެއް ފޯމުލަކު އޮޅޮއަލަ ތެއްޔަކަށް ބޯބާނާން ބަދިގެ އުދުން މަތީގަހުއްޓާ ކާންއުޅެނިކޮއް ގާނޫނު ފާސްކޮއްގެން ނާއިބު
    ރައީސްކަމުން ވަކިކޮއް ބަދިގެއަށް ވެއްދީ މީނޫންތޯ؟ ވީގޮތް
    ބުނަން މާހަރުކަށިވެގެން ގޮތްދައްކާގެން މާމޮޅެއްނުވާނެ އުފަންރަހުގައި
    ސަޕޯޓެއްނެތް ދެންކޮންހަޅޭކެއް ސަލާމް

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: