ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޝާހް ކަރަންޓީނުގައި ހުރުމުން ޒިޔާދާ ރޭޕްކުރި މައްސަލައިގެ ހުކުމް އިއްވުން ފަސްކޮށްފި

ޒިޔާދާ ނައީމް އަދި އޭނާގެ ކުރީގެ ފިރިމީހާ ޝާހު: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ޖިންސީ އަނިޔާތަކަށް އައިޖީއެމްއެޗުގައި ފަރުވާ ހޯދަމުން ދަނިކޮށް ނިޔާވި، ގދ. ތިނަދޫ ތޭންކު، ޒިޔާދާ ނައީމްގެ މަރުގެ މައްސަލާގައި އޭނާގެ ފިރިމީހާ އިބްރާހީމް ޝާހުގެ މައްޗަށް އުފުލި ދައުވާތަކުގެ އިސްތިއުނާފް މައްސަލައިގެ ހުކުމް އިއްވުން މިއަދަށް ތާވަލް ކުރުމަށް ފަހު ކެންސަލް ކޮށްފައެވެ.

ހައިކޯޓުން މިއަދު ބުނީ، އަނބިމީހާ ރޭޕް ކުރި މައްސަލައިގައި އިބްރާހިމް ޝާހް ގދ ތިނަދޫ ޖަވާހިރުމާގެ ދެކުނު އަށް ދައުވާ ލިބޭ ގޮތަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުގެ ފަރާތުން ދައުވާ ކުރާ މައްސަލައިގައި މިއަދަށް ތާވަލު ކުރެވުނު މައްސަލަ ކެންސަލް ވެފައިވާ ކަމަށާއި މައްސަލަ ކެންސަލް ކުރީ ދައުވާ ލިބޭ އިބްރާހީމް ޝާހު ކަރަންޓީނުކޮށްފައި ހުރުމުން ކޯޓަށް ހާޒިރު ނުކުރެވިގެން ކަމަށެވެ.

ޝާހުގެ މައްޗަށް ކުރި ދައުވާތަކުގެ މައްސަލަ ދައުލަތުން ހައިކޯޓަށް ހުށަހެޅީ ކުރިމިނަލް ކޯޓުން ހުށަހެޅި ދައުވާ ސާބިތު ނުވާ ކަމަށް ނިންމުންނެވެ.

މި މައްސަލަ ކުރިއަށް ދަނިކޮށް ޒިޔާދާވަނީ އޭނާއަށް ލިބުނު އަނިޔާތަކަށް އައިޖީއެމްއެޗްގައި އެޑްމިޓްކުރެވި، ފަރުވާދެމުންދަނިކޮށް ނިޔާވެފައެވެ.

ޒިޔާދާގެ މަރާ ގުޅިގެން ޝާހުގެ މައްޗަށް ހަތަރު ދައުވާއެއް އުފުލިއެވެ. އެގޮތުން ރޭޕްގެ ދައުވާގެ އިތުރުން އޮރިޔާންކާޑް ގެންގުޅުމުގެ ދައުވާ އާއި މީހަކު މަރުވެ ދިޔުމުގެ ފަރުވާކުޑަ އަމަލެއް ކުރުމުގެ ދައުވާ އަދި މީހަކު މަރުވެދިއުމުގެ އިހުމާލުގެ އަމަލެއް ކުރުމުގެ ދައުވާ ހިމެނެއެވެ. މީގެ ތެރެއިން އޮރިޔާން ކާޑު ގެންގުޅުމުގެ ދައުވާ ނޫން އެހެން ދެން ހުރި ދައުވާތަކުގެ ޝަރީއަތް ކުރިއަށް ގެންދަނީ ސިއްރުކޮށްގެންނެވެ.

ކްރިމިނަލް ކޯޓުން މައްސަލަ ނިންމި ގޮތާއި ގުޅިގެން ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ) ގެ ފަރާތުން ބުނެފައިވަނީ ޝާހުގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ނިންމީ ހުށަހެޅި ހެކިތަކަށް ރިއާޔަތް ކުރުމެއް ނެތި ކަމަށެވެ.

ޕީޖީއިން ނެރުނު ބަޔާނެއްގައި އޭރު ބުނެފައިވަނީ ޒިޔާދާ ނައީމް އައިޖީއެމްއެޗްގައި އެޑްމިޓްކުރެވި، ފަރުވާދެމުންގޮސް ޒިޔާދު ނިޔާވުމާ ހަމައަށް ޒިޔާދާ އެވާހަކަތައް ކިޔައިދީފައިވާ އެކި ފަރާތްތަކާއި ފަރުވާ ދިނުމުގައި ހަރަކާތްތެރިވި ފަރާތްތައް ޝަރީއަތަށް ހާޒިރުކޮށް ނެގުނު ހެކިބަހަށާއި މެޑިކަލް ލިޔުންތައް ކޯޓަށް ހުށަހެޅި ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: