ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގެ ތާރީހުގައިވެސް ލިބުނު އެންމެ ބޮޑު އެހީތައް ދީފައިވަނީ އިންޑިޔާއިން: އަމީރު

މިއަދު ބޭއްވި ރަސްމިއްޔާތިގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ތާރީހުގައިވެސް ލިބުނު އެންމެ ބޮޑެތި އެހީތައް ދީފައިވަނީ އިންޑިޔާގެ ސަރުކާރުން ކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

އިންޑިޔާ ސަރުކާރުން ދެއްވާ 250 މިލިއަން ޑޮަލަރުގެ މާލީ އެހީ ދިވެހި ސަރުކާރާއި ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އަމީރު ވިދާޅުވީ ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށެވެ. ޚާއްސަކޮށް ފަތުރުވެރިކަމުގެ ދާއިރާ ހުއްޓުމަކަށް އައިސްފައިވުމުގެ ސަބަބުން ޚަރަދުތައް ވަރަށް ބޮޑަށް ކުޑަކުރަން ޖެހުނު ކަމަށް ވިދާޅުވިއެވެ.

އެގޮތުން، ދައުލަތުން ޚަރަދުކޮށްގެން ކުރާ ދަތުރުތަކާއި މަރާމާތުތައް ހުއްޓާލުމާއި، މަތީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ މުސާރަ ކުދަކުރުންފަދަ ކަންކަން ޚަރަދުކުޑަ ކުރުމުގެ ފިޔަވަޅުތަކުގެ ގޮތުގައި އަޅާފައިވާކަމަށް ވިދާޅުވިއެވެ. އަދި ފައިނޭންސްކޮށްްފައިނުވާ ނުވަތަ ކޮންޓްރެކްޓް ހަވާލުކޮށްފައިނުވާ އެއްވެސް ތަރައްގީގެ މަޝްރޫއެއް ފަށާފައިނުވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އެހެންނަމަވެސް، ކޮވިޑް-19ގެ ސަބަބުން އެހީތެރިކަން ބޭނުންވި ހުރިހާ އެންމެންނަށްވެސް އެހީ ފޯރުކޮށްދެމުންދާ ކަމަށާއި އަދި ސަރުކާރު އެއްވެސް މުވައްޒަފެއްގެ މުސާރައިން އުނިކޮށްފައިނުވާނެ ކަމަށް ވިދާޅުވިއެވެ. ކޮވިޑް ރިލީފް ލޯނުގެ ގޮތުގައި908 މިލިއަން ރުފިޔާ ފޯރުކޮށްދީފައިވާކަމަށް އަމީރު ވިދާޅުވިއެވެ.

އެންމެ ފުރަތަމަ ކޮވިޑް-19ގެ ސާމްޕަލް ނެގުމަށްފަހު، ޓެސްޓުކުރުމަށް ފޮނުވަން ޖެހުނީ އިންޑިޔާއަށް ކަމަށާއި އެހެންނަމަވެސް މިހާރު ދުވާލަކު3000 އަށްވުރެ ގިނަ ސާމްޕަލް ރާއްޖެއިން ޓެސްޓު ކުރެވޭކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ބޮޑު ޕެންޑެމިކެއްގެ ތެރޭގައިވެސް މިކަންކަން ހާސިލް ކުރެވުނީ އިންޑިޔާ ސަރުކާރުގެ ބޮޑު އެހީއަކާއި އެކުގައިކަމަށް މިނިސްޓަރ އަމީރު ވިދާޅުވިއެވެ. އަދި އިންޑިޔާއަކީ ރާއްޖެއަށް މިހާތަނަށް އެންމެ ބޮޑެތި އެހީތައް ވެދީފައިވާ ގައުމުކަމަށް އަމީރު ވިދާޅުވިއެވެ.

އެގޮތުން، ގްރޭޓަރ މާލެ ކަނެކްޓިވިޓީ މަޝްރޫޢުތައް އިންޑިއާއިން 500 މިލިއަން ޑޮލަރުގެ އެހީއެއް ދީފައިވާއިރު، އޭގެތެރެއިން 100 މިލިއަން ޑޮލަރަކީ ގްރާންޓްގެ ގޮތުގައި ދީފައިވާ ފައިސާކަމަށް އަމީރު ވިދާޅުވިއެވެ. އަދި 2018 ވަނަ އަހަރު އިންޑިއާއިން ރާއްޖެއަށް 1.4 ބިލިއަން ޑޮލަރު ކްރެޑިޓް ފެސިލިޓީއެއްދީފައިވާކަމަށްވެސް އަމީރު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: