ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބްރޯޑްކޮމް އަށް އެސްޖީއެއް ހޯދަން އިއުލާން ކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް ބްރޯކާސްޓިން ކޮމިޝަން އަށް ސެކްރެޓަރީ ޖެނެރަލް އެއް ހޯދުމަށް އިއުލާން ކޮށްފިއެވެ.

ބްރޯޑްކޮމް އިން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނީ އެ ކޮމިޝަނަށް އެސްޖީއަކު ބޭނުންވާ ކަމަށާއި އެ މަގާމަށް ހޮވޭ ބޭފުޅަކަށް މުސާރައިގެ ގޮތުގައި 20،500 ރުފިޔާ ލިބޭނެއެވެ.

އަދި ލިވިން އެލެވަންސް އެއްގެ ގޮތުގައި 15،000 ރުފިޔާ ލިބޭއިރު ފޯނު އެލަވަންސްގެ ގޮތުގައި 700 ރުފިޔާ ލިބެއެވެ.

ސަރުތުތަކުގެ ތެރޭގައި މި މަގާމަށް ކުރިމަތިލާ ފަރާތްތަކަކީ މާސްޓާސް ޑިގްރީ ޙާޞިލް ކޮށްފައިވާ ފަރާތަކަށް ވުމާއި ހިންގުމުގެ ދާއިރާގައި މަދުވެގެން ފަސް އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ މީހަކަށް ވާންޖެހެއެވެ. މީގެއިތުރުން ހިންގުމުގެ ދާއިރާގައި ސީނިއަރ މެނެޖްމެންޓް އާއި އެގްޒެކެޓިވް ލެވެލްގައި މުވައްޒަފުން ގޮވައިގެން މަސައްކަތް ކުރުމުގެ ތަޖުރިބާ ލިބިފައިވާ މީހަކަށްވެސް ވާންޖެހެއެވެ.

މަގާމުގެ މަސްއޫލިއްޔަތުގެ ތެރޭގައި ދިވެހިޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި ޤާނޫނުތަކާއި، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ޤާނޫނާއި ކޮމިޝަނުން ހަދާ ޤަވާޢިދުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ކޮމިޝަންގެ އިދާރާ ހިންގާ ބެލެހެއްޓުމާއި ކޮމިޝަނުން ހަދާ ޤަވާޢިދުތަކާ އެއްގޮތްވާ ގޮތުގެމަތިން ކޮމިޝަންގެ ޖަލްސާތަކުގެ އިދާރީ ކަންތައްތައް ހިންގާ ބެލެހެއްޓުން ހިމެނެއެވެ

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: