ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޖިލީހުގެ ތިންވަނަ ދައުރުގެ ފުރަތަމަ ޖަލްސާ އަންނަ މަހުގެ 5 ގައި

ރައްޔިތުންގެ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުން މަޖިލިހުގެ މިއަހަރުގެ ދެވަނަ ދައުރުގެ ރިސެސް ނިންމުމަށްފަހު ތިންވަނަ ދައުރުގެ ފުރަތަމަ ޖަލްސާ އަންނަ އޮކްޓޯބަރު މަހުގެ 5 ވަނައަށްވާ ހޯމަދުވަހު އޮންނާނެ ކަމަށް މަޖިލިހުގެ އިދާރާއިން ހާމަކޮށްފިއެވެ.

މިމަހުގެ ހަވަނަ ދުވަހު މަޖިލީހުގެ ދެވަނަ ދައުރު ނިންމަވާލައްވާ، މަޖިލިސް ޗުއްޓީއަށް ދިޔައިރު، ޖުމްލަ 37 ޖަލްސާ ބާއްވާ 21 ބިލެއް ފާސް ކޮށްފައިވެއެވެ.

ދެވަނަ ދައުރުގެ އެންމެ ފަހު ޖަލްސާގެ ރިޔާސަތު ބަލަހައްޓަވަން އިންނެވި މަޖިލިހުގެ ނައިބު ރައީސް އީވާ ޢަބްދުﷲ ވިދާޅުވީ، ދެވަނަ ދައުރު ނިމިފައިވާއިރު، އެދައުރުގެ 68 ޕަސެންޓު މަސައްކަތް ނިމިފައިވާ ކަމަށެވެ.

މަޖިލިހުގެ ޤަވާޢިދުގައި ބަޔާންކޮށްފައިވާ ގޮތުން މި އަހަރުގެ ދެވަނަ ދައުރު އޮގަސްޓު މަހުގެ ނިޔަލަށް ނިންމޭނެއެވެ. ނަމަވެސް މެންބަރުން އެދިވަޑައިގެން  ދައުރުގެ މުއްދަތު އިތުރުކޮށްފައިވެއެވެ. އެއީ މަޖިލިހުގެ ޤަވާޢިދުން މެންބަރުންނަށް ކުރެއްވޭ ގޮތަށް އޮންނަ ކަމަކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: