ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

“ތިލަދުންމަތީގެ ހުރީހާ އެމްޑީޕީ މެމްބަރުން ގައުމު ވިއްކާލުމުގައި ބައިވެރިވިޔަސް، ފަހު ނޭވަޔާ ޖެހެންދެން އެކަމާ ދެކޮޅަށް އަޑު އުފުލާނަން”

ޝެއާރކޮށްލާ ކަހަލަދޯ؟

މުޅި ތިލަދުންމަތީގެ ހުރީހާ އެމްޑީޕީ މެމްބަރުން ގައުމު ވިއްކާލުމުގައި ބައިވެރިވިޔަސް، ފަހު ނޭވަޔާ ޖެހެންދެން އެކަމާ ދެކޮޅަށް އަޑު އުފުލާނަން ކަމަށް ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ ވިދާޅުވެއްޖެއެވެ.

ތިލަދުންމަތީގެ ބައެއް ދާއިރާތައް ތަމްސީލު ކުރައްވާ އެމްޑީޕީ މެމްބަރު އިންޑިއާ އިން ވަޑައިގަތް ބައެއް ބޭފުޅުންނާ ބައްދަލު ކުރާ ފޮޓޯއެއް ޓްވީޓު ކުރައްވައި މޮސްޓާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހަމަ ޔަގީނުންވެސް މުޅި ތިލަދުންމަތީގެ އެމްޑީޕީ ހުރިހާ މެމްބަރުން، ދިވެހި މި ގައުމު އިންޑިއާއަށް ވިއްކާލުމުގެ ފިނޑި އަމަލުގައި ބައިވެރިވިޔަސް އެކަމާ ދެކޮލަށް އަޑު އުފުލަން ފަހު ނޭވާއާ ހަމައަށް ވެސް އޭނާ ހުންނަވާނެ ކަމަށެވެ.

މޮސްޓާ ޓްވީޓު ކުރެއްވި ފޮޓޯއިން ފެނިވަޑައިގަންނަވާ އިންޑިއާ ބޭފުޅުންނަކީ ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމަށްޓަކައި ސާވޭ ކުރުމުގެ މަސައްކަތް ރާއްޖެ އައި ބައެއް ކަމަށް އިންޑިއާ ހައިކޮމިޝަނުން ބުނެއެވެ.

އިންޑިއާ ހައި ކޮމިޝަނުން ބުނީ އިންޑިއާ އެއާޕޯޓް އޮތޯރިޓީގެ ޓީމެއް ހަނިމާދޫގައި މިހާރު ހަރަކާތްތެރިވަމުން ދާކަމަށެވެ. އަދި އެއާޕޯޓް ބޮޑުކުރުމުގެ މަޝްރޫއަށް ބޭނުންވާ ކަންކަން ކުރިއަށްގެންދިއުމަށް ބޭނުންވާ ސާވޭގެ މަސައްކަތްތައް އެއަރޕޯޓް ސައިޓުގައި މިހާރު ފަށާފައި ވާކަމަށެވެ.

މޮސްޓާ މިހެން ވިދާޅުވިއިރު، ‘އިންޑިއާ އައުޓު’ ގެ ނަމުގައި އިދިކޮޅު ފަރާތްތަކުންނާއި މި ސަރުކާރާ ދެކޮޅު ފަރާތްތައް އަންނަނީ އަޑު އުފުލަމުންނެވެ. އެ ފަރާތްތަކުން ތުހުމަތު ކުރަނީ ރާއްޖޭގައި އިންޑިއާ ސިފައިން ‘ހާލި’ ހަދައިގެން ތިބެ މި ގައުމުގެ މިނިވަންކަން ގެއްލުވާލުމަށް މަސައްކަތް ކުރާ ކަމަށެވެ.

ވަރަށް ގަދަ
65%ވަރަށް ގަދަ 6%ވަރަށް ގަޔާވޭ 18%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 12%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: