ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވިޔަފާރި ދަށްވަމުން ދާތީ ކެފޭތައް ބަންދުކޮށް ތަޅުދަނޑި ރައީސް އޮފީހާ ހަވާލުކުރަނީ

ކެފޭ، ރެސްޓޯރަންޓްތަކުގެ ވެރިން ކުރި އިހުތިޖާޖުގެ ތެރެއިން/ ފޮޓޯ: އަހުމަދު އަޝްހާދު އަބްދުﷲ (ޖެރީ) | އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް19 ގެ ސަބަބުން ކެފޭ ރެސްޓޯރަންޓުތަކުގެ ވިޔަފާރި ދަށްވެ ބައެއް ތަންތަން ބަންދު ކުރަންޖެހޭ ހާލަތަށް މިހާރު ގޮސްފައިވާތީ އެތަންތަން ބަންދު ކުރުމަށްފަހު ރައީސް އޮފީހާ އެތަންތަނުގެ ތަޅުދަނޑި ފަތި ހަވާލު ކުރުމަށް ކެފޭ ރެސްޓޯރަންޓުތަކުގެ ވެރިން ތައްޔާރުވާން ފަށައިފިއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ) އިން ވަނީ ކޮވިޑާއި ދެކޮޅަށް އަޅާ އިތުރު ފިޔަވަޅުތަކުގެ ގޮތުގައި ކޮންމެ ރެއަކު 8:00 އިން ފަތިހު 5:00 އަށް މާލޭގެ މަގުތައް މަތީގައި އެއްގަމު އުޅަނދު ދުއްވުން މަނާކޮށްފަ އެވެ.

ކެފޭތަކަށް އެންމެ ބޮޑަށް އާމްދަނީ ލިބެމުން އަންނަނީ އެ ވަގުތުގައި ކަމަށް ވެފައި، އެ ފިޔަވަޅުތަކުގެ ސަބަބުން ކެފޭ ރެސްޓޯރަންޓުތަކުގެ ވެރިންނަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ.

ކެފޭ، ހޮޓާ، ރެސްޓޯރަންޓްތަކުގެ ޔޫނިއަން، މޯލްޑިވްސް އީޓަރީ ޔޫނިއަން (އެމްއީޔޫ) އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޔޫނިއަން އިން ވަނީ ކެފޭތަކާ މެދު އިހުމާލުވަމުން ގެންދާތީ ނުރުހުން ފާޅުކޮށްފައެވެ.

ކެފޭ ރެސްޓޯރަންޓުގެ ވެރިން ދެކޭ ގޮތުގައި އެތަންތަނަކީ “ގުރުބާން ކުރަން ގެންގުޅޭ ކަންބަޅި” އެއް ކަމަށެވެ.

މިފަދަ ތަންތަނަށް އެންމެ ބޮޑަށް ވިޔަފާރި ވަމުން އަންނަނީ ރޭގަނޑުކަން ފާހަގަކޮށް އެމްއީޔޫ އިން ބުނީ އެކަމުގައި ކެފޭ ރެސްޓޯރަންޓުތަކުގެ ވެރިންގެ ހުރި ކަންބޮޑުވުންތައް ސަރުކާރުގެ ކަމާ ގުޅުންހުރި އިދާރާތަކާއި ބައްދަލުކޮށް މަޝްވަރާ ކުރަމުން އަންނަތާ މަހަކަށްވުރެ ގިނަ ދުވަސްވެފައިވާ ކަމަށެވެ.

އެ ވިޔަފާރި މިހާރު އޮތީ ތަންތަން ބަންދުކޮށް އެ ތަންތަނުގެ ތަޅުދަނޑި އާއި މުވައްޒަފުން ރައީސް އޮފީހާއި ހަވާލު ކުރަންޖެހޭ ފަދަ ހާލަތެއްގައި ކަމަށާ އެކަން ކުރުމަށް ތަައްޔާރުވަމުންދާ ކަމަށެވެ.

ވަރަށް ގަދަ
41%ވަރަށް ގަދަ 4%ވަރަށް ގަޔާވޭ 39%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 2%ވަރަށް ދެރަ 13%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

4 Responses

  1. ރައީސް އޮފީހާ ތަޅުދަނޑި ހަވާލުކުރީމަ ވިޔަފާރިވާނެ ! މީހަަމައެކަނި ރާއްޖެ އަައްދިމާވެގެން އުޅޭމައްސަލައެއް ނޫން.

  2. މިވަގުތު ތިދައްކަނީ ހާލަތާނުބައްދަލު ޖެއްސުންކުރުމުގެ ވާހަކަމަށް
    ޤަބޫލު ކުރެވޭތީވެ ދައްނަވާލަން ޚަރަދުކުޑަވާނެ މާބޮޑައްވެސް
    ހިންހަމަޖެހޭނެ ގޭގަކައްކާގެން ފެމެލީއާއެކު ކާލުން ތަޅުދަޑިވެސްގޭގަ
    ބަހައްޓާ ބަސްގަބޫލުކުރޭ ގޮތްދޫކުރޭ ޖެއްސުންނުކުރޭ މިވެސް
    ލިބެމުންދާ ފިލާވަޅެއް ކުރެވެމުންދާއިންތިހާނެއް ނަތީޖާފެއްނަންދެން
    ހިއްވަރުކުރޭ. ޝުކުރިއްޔާ

  3. މިހާރު ގޮތް ހުސްވެގެން ދެތަންވެސް ބަންދުކޮއް ކުލި ނުދެއްކިގެން ދޫވެސް ކޮއްލައިފިން..

  4. ރައިސްއަށް ވިޔަފާރި ރަނގަޅު ކޮށްދެވޭނަމަ އެކަން އޭނަކުރާނެ. މީ ދުނިޔެއަށް ކުރިމަތިވި ބޮޑު ކްރައިސިސްއެއްކަން ނޭގެނީތަ. ތަޅުދަނޑި ކީއްކުރަން ހުރިހާ ކޭފޭގެ ބިންތަށް ރައީސްއަށް ދިންނަމަވެސް އޭނާއަށް ކުރޭވޭނެ ކަމެއްމިކަމުގައި އޮންނާނެތަ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: