ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދައުލަތުގެ މާލިއްޔަތާ ގުޅުންހުރި މައްސަލަތަކުގައި އިޢުތިރާފުގެ އެއްބަސްވުން ހެދުމުގެ ބާރެއް ޕީޖީއަށް ލިބިގެނެއް ނުވޭ: ހައިލަމް

ޝެއާރކޮށްލާ ކަހަލަދޯ؟

ދައުލަތުގެ މާލިއްޔަތާ ގުޅުންހުރި މައްސަލަތަކުގައި އިޢުތިރާފުގެ އެއްބަސްވުން ހެދުމުގެ ބާރެއް ޕްރޮސެކިއުޓަ ޖެނެރަލަށް ލިބިގެނެއް ނުވާ ކަމަށް ކްރިމިނިލް ކޯޓު ކުރީގެ އިސް ގާޒީ އަހުމަދު ހައިލަމް ވިވާޅުވެއްޖެއެވެ.

ހައިލަމް މިހެން ވިދާޅުވީ އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި މަނީ ލޯންޑަރިން އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނާ ޚިލާފުވުމުގެ ކުށުގެ ދައުވާއަށް އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް(އެފްއައިޔޫ)ގެ ކުރީގެ އިސްވެރިޔާ އިބްރާހިމް އާތިފް ޝަކޫރު ދައުލަތާއެކު އިއުތިރާފު އެއްބަސްވުމެއް އެކުލަވާލުމަށް ހުށަހަޅުއްވުމާ ގުޅިގެންނެވެ

އެގޮތުން ހައިލަމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ނަސޭހަތުގެ އެއްބަސްވުމާއި، އިޢުތިރާފުގެ އެއްބަސްވުމަކީ ތަޙްޤީޤު މަރުޙަލާގައި ހެދޭ އެއްޗެއް ކަމަށެވެ.

“ދައުލަތުގެ މާލިއްޔަތާ ގުޅުންހުރި، ޖިނާއީ ބޮޑެތި މައްސަލަތަކުގައި(ކާފީ ހެކި ހުރިނަމަ) ނަސޭހަތް ދީ، އިޢުތިރާފުގެ އެއްބަސްވުން ހެދުމުގެ ބާރެއް ޕީޖީއަށް ލިބިގެނެއް ނުވޭ.” ހައިލަމް ވިދާޅުވިއެވެ.

އާތިފްގެ މައްޗަށް ދައުވާ ކުރަނީ އެމްއެމްޕީއާރުސީން ދައުލަތަށް ވަންނަން ޖެހޭ ފައިސާ އެސްއޯއެފްގެ އެކައުންޓްތަކަށް ޖަމާކޮށް، އެ ފައިސާ އިން މަނީ ލޯންޑެރިންގެ މުއާމަލާތް ހިންގި އިރު އެކަން ހުއްޓުވަން އިހުމާލުވި މައްސަލައިގައެވެ.

އަންގާރަ ދުވަހު އޮތް އިބްތިދާއީ އަޑު އެހުމުގައި އާތިފް ވިދާޅުވީ ޕީޖީ އޮފީހާއެކު އެއްބަސްވުމަކަށް އައުމަށް މަޝްވަރާ ކުރައްވަމުންދާ ކަމަށެވެ. އަދި އެއީ އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާ ގުޅިގެން އެއްބަސް ވުމަކަށް އާދެވޭތޯ ކަމަށް އާތިފް ވިދާޅުވިއެވެ.

މީގެ އިތުރުން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާ އެކީގައި ފެށިފައި އޮތް މަޝްވަރާތައް ނިންމާލުމަށް ވަގުތު ދެއްވައިފި ނަމަ ރަނގަޅު ކަމަށް އާތިފް ވިދާޅުވިއެވެ.

އާތިފްގެ މައްޗަށް އުފުލާފައިވާ ދައުވާއާ ގުޅިގެން ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހާއި މަޝްވަރާ ކުރެއްވިޔަސް އަދި އެކަމުގައި ގޮތެއް ނިންމާފައެއް ނުވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 100%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: