ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައި.ޖީ.އެމް.އެޗުގައި 100،000 އަށްވުރެ ގިނަ ޕީ.ސީ.އާރް ޓެސްޓް ހަދައިފި

ކޮވިޑް-19 އަށް މީހަކު ޓެސްޓުކުރަނީ. މި ބަލީގެ ނުރައްކާތެރިކަން މިހާރު ވަނީ އިތުރުވެފަ. ފޮޓޯ: ޢަބްދުﷲ އަބީދު
ޝެއާރކޮށްލާ ކަހަލަދޯ؟

އައިޖީއެމްއެޗުގައި މިހާތަނަށް އެއް ލައްކައަށްވުރެ ގިނަ ޕީ.ސީ.އާރު ޓެސްޓު ހަދާފައިވާކަމަށް އެހޮސްޕިޓަލުން ވިދާޅުވެއްޖެއެވެ.

މި މަސައްކަތް ފުރަތަމަ ފަށައިގަނެވިފައިވަނީ ޖުމްލަ 3 މުވައްޒަފުން ހިމެނޭ ޓީމަކުންނެވެ. އެހެންނަމަވެސް، ބަލި ޖެހޭ މީހުންގެ ޢަދަދު އިތުރުވާން ފެށުމާއެކު، ޕީ.ސީ.އާރު ޓެސްޓިން ޓީމްގައި ހިމެނޭ މުވައްޒަފުންގެ ޢަދަދު އިތުރުކޮށްފައިވާކަމަށް އެ ހޮސްޕިޓަލުން ވިދާޅުވެއެވެ.

މިހާރު އައި.ޖީ.އެމް.އެޗްގައި ކޯވިޑް ޕީ.ސީ.އާރު ޓެސްޓް ހެދުމުގައި 22 މުވައްޒަފުންދަނީ މަސައްކަތް ކުރަމުންނެވެ.

އައި.ޖީ.އެމް.އެޗުގައި ކޯވިޑް ޕީ.ސީ.އާރު ޓެސްޓު ހެދުމުގެ މަސައްކަތް ފުރަތަމަ ފެށިއިރު، ޓެސްޓިންގ ކެޕޭސިޓީއަކީ ކޮންމެ 24 ގަޑިއިރަކު 100 ޕީސީއާރް ޓެސްޓެވެ.

ނަމަވެސް މިހާރު އެ ޢަދަދު ކޮންމެ 24 ގަޑިއިރަކު 1500 ޕީސީއާރް ޓެސްޓަށް ވަނީ އިތުރުކޮށްފައެވެ.

ރާއްޖޭގައި ކޯވިޑް-19އަށް ޓެސްޓްކުރުމަށްޓަކައި ތަކުރާރުކޮށް ނެގި ސާމްޕަލްތައް ހިމެނޭހެން މިހާތަނަށް 143،472 ސާމްޕަލް ވަނީ ނަގާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: