ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގައުމު މިވަނީ ރައީސް ޔާމީނަށް ބޭނުންވެފައި: ޑރ ޝަހީމް

ޑރ ޝަހީމް އަލި ސައީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖެ މިހާރު މިވަނީ ރައީސް ޔާމިނުގެ ޒައާމަތަށް ވަރަށް ބޮޑަށް ބޭނުންވެފައިކަމަށް ޑރ މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށްފަހު ފުރަތަމަ ފަހަރަށް ދިވެހި ރައްޔިތުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ޝަހީމް ވިދާޅުވީ، ރާއްޖޭގެ ހާލަތާއި ޖުމްލަކޮށް މުޅި ދުނިޔޭގެ ހާލަތު ވަރަށް ތަފާތުވެފައިވާ ކަމަށެވެ.

ރާއްޖޭގެ ހާލަތަށް އަލިއަޅުއްވާލައްވައި ޝަހީމް ވިދާޅުވީ، ރާއްޖެއަށް އިޖްތިމާއީ، އިގްތިސާދީ އަދި ދީނީ ގޮންޖެހުންތަކެއް ކުރިމަތިވަމުން އަންނަ ކަމަށެވެ. އަދި މިކަންކަމުން އަރައިގަތުމަށް ހަރުދަނާ، ވަރުގަދަ ޝަޚްސިއްޔަތެއް ބޭނުންވާ ކަމަށް ވިދާޅުވިއެވެ. އަދި މިކަންކަމުން އަރައިގަތުމަކީ ރައީސް ޔާމީން ނޫން ބޭފުޅަކަށް ވާނެ ކަމެއް ނޫންކަމަށާއި ރައީސް ޔާމީނަކީ ދިވެހި ގައުމުާއި ދިވެހި ރައްޔިތުންދެކެ ވަރަށް ލޯބިވާ ލީޑަރެއްކަމަށް ވިދާޅުވިއެވެ. އަދި ދިވެހި ގައުމު މިވަނީ ރައީސް ޔާމީންގެ ހިންގުންތެރިކަމަށް ބޭނުންވެފައިކަމަށް ވިދާޅުވިއެވެ.

ރާއްޖޭގެ އުތުރާއި ދެކުނަށް ބަލާލިކަމުގައިވިޔަސް، އަދި ވަށައިގެން ހުރި އިމާރާތްތަކަށާއި، ބުރިޖާއި އެއާޕޯޓުތަކަށް ބަލާލި ކަމުގައިވިޔަސް ފެނިގެންދަނީ ރައީސް ޔާމީންގެ ހަރުދަނާ ތަސައްވުރުކަމަށް ވިދާޅުވިއެވެ.

ގައުމީ އެއާޕޯޓް، ބޭންކު ހިންގަން ތިބީ ބިދޭސީން. ދިވެހިންގެ ޒަމާއަތު ދިވެހިންގެ އަތްމަތިން ގެއްލިގެންދާން އެބައުޅޭ. މިކަންކަމަށް ސަމާލުވެ މިކަންކަން ހަމަމަގަށް އެޅުވުމަށް މަސައްކަތްކުރަންޖެހޭ

2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ތައްޔާރުވަމުންދިޔައިރު، އުމްރާނީ އަދި އިގްތިސާދީ ތަރައްގީ އެއީ މާއްދީ ކަންކަން ކަމުގައި ރައިސް ޔާމީން ވިދާޅުވިކަމަށް ޑރ ޝަހީމް ވިދާޅުވިއެވެ. އަދި އިސްލާމީ އުސޫލުތަކާއި އެއްގޮތަށް ކަންކަން ބައްޓަން ކުރުމުގެ މުހިންމުކަން ރައީސް ޔާމީނަށް އެނގިވަޑައިގަންނަވާކަމަށް ވިދާޅުވިއެވެ.

ޑރ ޝަހީމް ވިދާޅުވީ، އަދުލުވެރި ޝަރީއަތެއް ކުރެވިއްޖަނަމަ ރައީސް ޔާމީން މިނިވަންވާނެ ކަމަށެވެ. ރައީސް ޔާމިންގެ މައްޗަށް ކޮށްފައިވަނީ އެއްވެސް އަސާސެއްނެތް ދައުވާތަކެއްކަމަށާއި އުންމީދަކީ ލީގަލް ޓީމާއި ގުޅިވަޑައިގެން ރައީސް ޔާމީނުގެ ދިފާއުގައި މަސައްކަތްކުރެއްވުން ކަމަށް ޑރ ޝަހީމް ވިދާޅުވިއެވެ.

ވަރަށް ގަދަ
75%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 25%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: