ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިދިކޮޅު ކޯލިޝަނުގެ އެޑްވައިޒަރަކަށް ޝަހީމު ހަމަޖައްސައިފި

ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު. ފޮޓޯ: އެޑިޝަންއެމްވީ
ޝެއާރކޮށްލާ ކަހަލަދޯ؟

އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުގެ އެޑްވައިޒަރު ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމަށް ދެއްވައިފި އެވެ.

ޑރ. ޝަހީމްގެ އިތުރުން ސިޔާސީ މައިދާނުގައި ފުންނާބު އުސް އެހެން ދެ ބޭފުޅަކު ވެސް އެ ކޯލިޝަންގެ އެޑްވައިޒަރުންގެ މަގާމުގައި އެބަ ތިއްބެވިއެވެ. އެއީ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދާއި ރައީސް ޔާމީންގެ ފުރަތަމަ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލެވެ.

ޝަހީމަށް މި މަގާމު ދެއްވާފައިވަނީ މިހާރު ކުރިއަށްދާ ހާއްސަ ރަސްމިއްޔާތެއްގައެވެ.

ޝަހީމް އަކީ ޕީޕީއެމްގެ ކައުންސިލު މެމްބަރެއް ކަމަށްވާއިރު އޭނާ އަކީ 2018 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ރަނިންމޭޓުކަން ވެސް ކުރެއްވި ފަރާތެވެ. އިންތިހާބުން ލިބުނު ނާކާމިޔާބީއާއެކު ޝަހީމް ވަނީ ރާއްޖެ އިން ބޭރުގެ ވަޒީފާ އަކަށް ވަޑައިގަންނަވާފައެވެ.

ރައީސް ޔާމީންގެ ސަރުކާރުގައި އިސްލާމިކް މިނިސްޓަރެއްގެ މަގާމުގައި ޝަހީމް ހުންނެވީ އަދާލަތު ޕާޓީގެ ސްލޮޓެއްގައެވެ. އަދާލަތު ޕާޓީން އޭރު ވެރިކަން ކުރާ ކޯލިޝަނުން ވަކިވުމުން ޝަހީމް ވެސް މިނިސްޓަރުގެ މަގާމުން އިސްތިއުފާ ދެއްވިއެވެ.

އެކަމަކު އޭގެ ފަހުން އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލަރުގެ މަގާމު ފުރުއްވިއެވެ. އަދި އަދާލަތު ޕާޓީން ވެސް ވަކިވަޑައިގަތެވެ. ފަހުން ރައީސް ޔާމީންގެ ރަނިން މޭޓަކަށް ވަޑައިގެން ޕީޕީއެމްއާ ގުޅިވަޑައިގަތީއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: