ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ހަތް ސައިކަލެއްގެ ވެރިފަރާތް ހޯދަނީ

ޝެއާރކޮށްލާ ކަހަލަދޯ؟

ފުލުހުންނަށް ހުށަހެޅިފައިވާ  މައްސަލަތަކެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ހަތް ސައިކަލެއްގެ ވެރިފަރާތްތައް ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަންފަށައިފިއެވެ.

ފުލުހުން ވިދާޅުވީ މި ސައިކަލްތަކުގެ ވެރިފަރާތްތައް ހޯދަމުންދަނީ ސައިކަލްތަކުގެ ވެރިފަރާތްތަކުން އުޅޭ ވަކިތަނެއް އެނގިފައިނުވާތީ ސައިކަލްތައް ހަވާލުކުރެވިފައިނުވާތީއެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ސައިކަލްތައް:

  1.  AA0A P8407
  2.  AA0B P7850
  3.  AA0C P1620
  4. AA0G P8756
  5. AA0C P9088
  6. AA0C P7386
  7. AA0F P8972

ވީމާ މި ސައިކަލްތަކުގެ ވެރިފަރާތްތަކުން މިއަދުން ފެށިގެން 30 ދުވަހުގެ ތެރޭގައި ޕޮލިސް ޓޯވ ޔާޑަށް ހާޒިރުވެ ސައިކަލާ ހަވާލުވެ ލެއްވުމަށް ފުލުހުން އެދެއެވެ.

އަދި ސައިކަލުގެ ވެރިފަރާތް ނޫން އެހެން ފަރާތަކުން ސައިކަލާ ހަވާލުވެލައްވާނަމަ، ސައިކަލުގެ ރަޖިސްޓްރީގެ ކޮޕީއަކާއި ވެރިފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއްގެ އިތުރުން ސައިކަލު ހަވާލުވެލައްވާ ފަރާތެއްގެ ނަން ހިމަނާފައިވާ ސިޓީއެއް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ހުށަހެޅުމުން އެފަރާތާ ސައިކަލު ހަވާލު ކުރެވޭނެ ކަމަށްވެސް  ފުލުހުން ވިދާޅުވިއެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: