ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގާނޫނަށް ގެނެވޭ އިސްލާހާއެކު އޮޅުވާލައިގެން ޕާޓީއަށް ވެއްދުން ހުއްޓުވޭނެ: ޝަރީފް

އީސީގެ ރައީސް އަހުމަދު ޝަރީފު-- ފޮޓޯ: ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ގެނެވޭ އިސްލާހާއެކު އޮޅުވާލައިގެން ޕާޓީތަކަށް މީހުން ވެއްދުން ހުއްޓުވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ގެނެވޭ އެންމެ މުހިންމު އިސްލާހުތަކުގެ ތެރޭގައި ނޭނގި ޕާޓީތަކަށް މީހުން ވެއްދުން ހުއްޓުވޭނެ ކަމަށެވެ.

އިތުރުން ދައުލަތުން ޕާޓިތަކަށް ދޭ ފައިސާގެ އެހީއަށް ޕާޓީތަކުން ޒިންމާދާރުވުން ހަރުދަނާވާނެ ކަމަށެވެ. އަދި ބަޖެޓުން ސިޔާސީ ޕާޓީތަކަށް ފައިސާ ކަނޑައަޅާފައި އޮތް ގޮތް ވެސް ބަދަލުކުރަން ހުށަހަޅާފައިވާ ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.

“[އިސްލާހާއެކު]ދައުލަތުން ޕާޓީތަކަށް ދޭ ފައިސާގެ އެހީއަށް ޕާޓީތަކުން ޒިންމާދާރުވުން ހަރުދަނާ ކުރެވޭނެ.” ޝަރީފް ވިދާޅުވިއެވެ.

މިހާރު ގާނޫނު އޮތް ގޮތުން ދައުލަތުގެ ބަޖެޓުން 0.1 ޕަސެންޓާއި 0.2 ޕަސެންޓާއި ދެމެދުގެ އަދަދެއް ސިޔާސީ ޕާޓީތަކަށް ދޫކުރަންޖެހެއެވެ. އިލެކްޝަންސް ކޮމިޝަނުން ހުށަހަޅާ އިސްލާހުގައި ދައުލަތުގެ ބަޖެޓުން ދޫކުރަން ހުށަހަޅާފައި ވަނީ 0.1 ޕަސެންޓެވެ.

މީގެއިތުރުން ސިޔާސީ ޕާޓީތައް ޖޫރިމަނާ ކުރުމުގެ އިތުރުން ގާނޫނާ ގަވާއިދުތަކާ ހިލާފުވުމުން ސަސްޕެންޑު ކުރެވޭނެ ގޮތަށްވެސް ގާނޫނަށް އިސްލާހު ގެންނަން އިލެކްޝަނުން ވަނީ ހުށަހަޅާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: