ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

“ހިޔާ” ފްލެޓްތަކުގެ ނަރުދަމާގެ މަސައްކަތް އަންނަ އަހަރުގެ ފެބްރުއަރީ މަހަށް ނިންމަނީ!

ހުޅުމާލެ ފޭސް ދޭއްގައި އަޅާފައިވާ ހިޔާ މަޝްރޫއުގެ ފްލެޓުތައް
ޝެއާރކޮށްލާ ކަހަލަދޯ؟

“ހިޔާ” މަޝްރޫޢުގެ ދަށުން ހުޅުމާލޭ 2 ވަނަ ފިޔަވަހީގައި ތަރައްޤީކުރަމުންދާ 7000 ހައުސިން ޔުނިޓުގެ ނަރުދަމާގެ މަސައްކަތް އަންނަ އަހަރުގެ ފެބްރުއަރީ މަހަށް ނިންމާލެވޭނެ ކަމަށް އެމްޑަބްލިއުއެސްސީ އިން ބުނެފިއެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ބޭއްވި ރަސްމިއްޔާތެއްގައި މި މަޝްރޫޢު ފަށްޓަވައިދެއްވީ އެމްޑަބްލިއުއެސްސީގެ ޗެއާޕާސަން އަޙުމަދު މަޢުސޫމާއި މެނޭޖިންގ ޑިރެކްޓަރ ޙަސަން ޝާހެވެ.

އެމްޑަބްލިއުއެސްސީން ބުނީ މި މަޝްރޫއުގެ ދަށުން ހިޔާ ޕްރޮޖެކްޓުގެ ތެރެއިން ގާއިމުކޮށްފައިވާ 16 ޓަވަރަށް ޖުމްލަ 580 ނަރުދަމާ ނިޒާމްގެ ކަނެކްޝަން ގުޅައިދެވިގެން ދާނެކަމަށެވެ. އަދި އެ ސަރަޙައްދަށް ނަރުދަމާގެ ޚިދުމަޔް ފޯރުކޮށްދިނުމަށްޓަކާ 11،003 މީޓަރުގެ ނަރުދަމާގެ މައި ނެޓްވޯކާއި، 283 މޭން ހޯލްއާއި ދެ ޕަންޕިން ސްޓޭޝަން ޤާއިމުކުރާނެކަމަށް އެކުންފުނިން ބުނެއެވެ.

އެ ކުންފުނިން ބުނީ މި މަސައްކަތް ނިންމުމަށް ތާވަލްކޮށްފައިވަނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ނިޔަލަށް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: