ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

“ނުހައްގުން ރައީސް ޔާމީން ޖަލުގައި އޮންނަން ޖެހުމަކީ މުސްތަގުބަލުގައި ރައްޔިތުން މާފުކުރާނެ ކަމެއް ނޫން”

އަބްދުއްރަހީމް އަބްދުﷲ  (އަދުރޭ)
ޝެއާރކޮށްލާ ކަހަލަދޯ؟

ޖަލަށް ލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އެތަށް ދުވަހެއް ވަންދެން ނުހައްގުން ޖަލުގައި ހޭދަކުރައްވަން ޖެހި ވަޑައިގަތުން އެއީ މުސްތަގުބަލުގައި ރައްޔިތުން މާއާފުކުރާނެ ކަމެއް ނޫންކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ޔާމީން ފަސް އަހަރަށް ޖަލަށްލާފައިވާއިރު އެ މައްސަލައިގައި ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައިކޯޓުގައި ޔާމީންގެ ފަރާތްޕުޅުން ވަނީ އިސްތިއުނާކޮށްފައެވެ. އިސްތިއުނާފް މައްސަލަ މިހާރު އޮތީ ހުކުމާ ހަމައަށް ގޮސްފައެވެ.

މިއަދު ހަވީރު އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަދައްކަވަމުން އަދުރޭ ވިދާޅުވީ މި ސަރުކާރުން ރައީސް ޔާމީނާމެދު ކަންތައް ކުރަމުން އަންނަނީ ބޭއިންސާފުން ކަމަށާއި އެމަނިކުފާނުގެ ކުށެއް ނެތް ކަމަށެވެ.

އަދި ކުށެއްނެތް ބޭފުޅަކު ނުހައްގުން ޖަލުގައި ހުންނަވާތާ މާދަމާއަށް 300 ދުވަސް ހަމަވާނެކަމަށާއި މިއަދު ގައުމު މިހާލަތައް އައިއިރު ދިވެހި ގައުމުގެ ކޮންމެ ރައްޔިތެއްގެ ހިތުގެ އެދުމަކީ ރައީސް ޔާމީން މިނިވަންވުން ކަމަށް އަދުރޭ ވިދާޅުވިއެވެ.

“ރައީސް ޔާމީން އަކީ ކުށެއްނެތް މައުސޫމް ބޭފުޅެއް. އެފަދަ ބޭފުޅަކު 300 އެތަށް ދުވަހެއް ވަންދެން ނުހައްގުން ޖަލުގައި ހޭދަކުރައްވަން ޖެހި ވަޑައިގަތުން އެއީ މުސްތަގު ބޮލުގައި ރައްޔިތުން މާއާފުކުރާނެ ކަމެއް ނޫން. މިއަދު ގައުމުގެ މިހާލަތައް އައިއިރު ދިވެހި ގައުމުގެ ކޮންމެ ރައްޔިތެއްގެ ހިތުގެ އެދުމަކީ ރައީސް ޔާމީން މިނިވަންވުން. އަޅުގަނޑުމެން ކުރާ ގައުމީ މަސައްކަތް އަޅުގަނޑުމެންނަށް ކާމިޔާބް ކުރެވެން އިތީ ރައީސް ޔާމީން މިނިވަން ކޮށްގެން.” އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ ދިވެހި ގައުމު ދިވެހިންގެ ގައުމެއްގެ ގޮތުގައި ސަލާމަތް ކުރެވޭނީ ހުންގާނުގައި ރައީސް ޔާމީން އަމަލީ ގޮތުން ހިއްޕަވަގެން ކަމަށާއި މިއަދު ވެސް ރައީސް ޔާމީން ހުންނެވީ އަޅުގަނޑުމެންގެ ގައުމީ ނަވުގެ ހުންގާނުގައި ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: