ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބަލި ކޮންޓްރޯލްވެއްޖެކަމަށް ހީވިޔަސް އަދި ގްރީން ޒޯނަކަށް ނުދޭ: ޑރ ޝީނާ

ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ޝީނާ މޫސާ ވާހަކަދައްކަވަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

ހަލުވި ކަމާއިއެކު ފެތުރެމުންދާ ކޮވިޑް 19 ކޮންޓްރޯލްވެއްޖެކަމަށް ހީވިޔަސް، ހާލަތު އަދި ރަނގަޅުނުވާ ކަމަށާއި ގްރީން ޒޯނަށް ނުދާކަމަށް ޑރ ޝީނާ މޫސާ ވިދާޅުވެއްޖެއެވެ.

ކޮވިޑް-19ގެ ޕްރޮޖެކްޝަންސްތަކާއި ތަފާސްހިސާބުތައް ހިއްސާކުރައްވަމުން ޕަބްލިކް ހެލްތު ކޯޑިނޭޓަރ ޑރ ޝީނާ ވިދާޅުވީ، އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ކޮވިޑް-19ގެ ކޭސްތަކަަށް ކޮންމެވެސް ވަރަކަށް ލުއިތަކެއް އައި ކަމަށެވެ. އެހެންނަމަވެސް، އަދިވެސް އެންމެ އެދެވޭ މިންވަރަށް ކޭސްތައް ދަށްނުވާކަމަށް ޑރ ޝީނާ ވިދާޅުވިއެވެ.

ޕްރޮޖެކްޝަންސްތައް ދައްކާ ގޮތުން މުޖުތަމައު ތެރޭގައި ބަލި ފެތުރޭ މިންވަރު މަދުވެއްޖެ ކަމަށާއި އެހެންނަމަވެސް، ބަލި ފެތުރޭ މިންވަރު މަދުވެއްޖޭ ބުނެވޭނީ އަންލިންކްޑް ކޭސްތައް ނުވަތަ އެއްވެސް މީހަކާއި ގުޅުން ނެތް ކޭސްތައް ވިއްސަށް ވުރެ ދަށްވުމުންކަމަށް ޑރ ޝީނާ ވިދާޅުވިއެވެ.

މޫވްމަންޓް ކޮންޓްރޯލް ކުރުމަށް ފިޔަވަޅުތައް އެޅުމުން އެކަކު އަނެކަކާއި ބައްދަލުވާ މިންވަރު ކުޑަކުރެވިއްޖެ ކަމަށާއި އެކަމުގެ ސަބަބުން ކޭސްތައް ވަރަށް ބޮޑަށް ދަށްވެގެން ދިޔަކަމަށް ވިދާޅުވިއެވެ. އެހެންނަމަވެސް، އަދިވެސް އެއްކޮށް ގްރީން ޒޯނަށް ނުދާ ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން، ތަޖުރިބާއަށް ބަލާއިރު ގްރީން ޒޯނަށް ކިރިޔާ ދިޔުމާއެކު ފިޔަވަޅުތަކަށް ލުއި ދިނުމަކީ ރަނގަޅުކަމެއް ނޫންކަމަށް ޑރ ޝީނާ ވިދާޅުވިއެވެ.

ތަޖުރިބާއަށް ބަލާއިރު ހަމަ ގްރީީން ޒޯނަށް ދާއިރަށް ފިޔަވަޅުތަކަށް އީޒް ދިނުމަކީ ރަނގަޅުކަމެއްނޫން. އަދިވެސް ދެތިން ހަފްތާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ދިރިއުޅުމުގެ އާދަތައް ބަހައްޓަން އެބަޖެހޭ ގްރީން ޒޯން ދެމިތިބުމަށް. އެއީ އިންކުބޭޝަން ޕީރިއަޑް އެއްކޮށް ގްރީން ޒޯންގައި ބަހައްޓައިގެން މަސައްކަތް ކުރެވިއްޖިއްޔާ އިތުރަށް ފެތުރޭ މިންވަރު ދަށްވެގެންދާނެ.

އެހެންނަމަވެސް، ކޮވިޑް-19ގެ ކުރިން އުޅެމުންދިޔަގޮތަށް އެއްކޮށް ބަދަލުކުރެވޭނީ، ވެކްސިނެއް ލިބުމުންކަމަށް ޑރ ޝީނާ ވިދާޅުވިއެވެ.

ކޮވިޑް-19 ގެ ކޭސްތައް ފެންނަ މިންވަރު މަދުކަމަށާއި އެހެންނަމަވެސް، ކޭސްތައް މަދުވާާ ސްޕީޑް ލަސްކަން ފާހަގަކުރެވޭކަމަށް ވިދާޅުވިއެވެ. އަދި ކޭސްތައް މަދުވާ ސްޕީޑް އަވަސްކުރެވޭނީ، މިހާރަށްވުރެވެސް ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ސަމާލުދީގެންކަމަށް ޑރ ޝީނާ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: