ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

“ކޯލިޝަން ސަރުކާރުގެ ކާމިޔާބަކީ ގައުމުގެ އިގްތިސޯދު އިދަ ޖައްސާލައި ހަޒާނާ ދޮވެލުންތޯ؟”

ޝެއާރކޮށްލާ ކަހަލަދޯ؟

ކޯލިޝަން ސަރުކާރުގެ ކާމިޔާބަކީ ގައުމުގެ އިގްތިސޯދު އިދަ ޖައްސާލައި ދައުލަތުގެ ޚަޒާނާ ދޮވެލުންތޯ އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ސުވާލު ކުރައްވައިފިއެވެ.

ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީގެ އިތުރުން ރައީސް މައުމޫން އަބްދުލްގައްޔޫމުގެ އެމްއާރުއެމް އިން ކޯލިޝަނެއް އުފައްދައި ރިޔާސީ އިންތިޚާބު ކާމިޔާބު ކުރިތާ އިއްޔެއަށް މިވަނީ ދެ އަހަރު ފުރިފައެވެ. 2018 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 24 ވަނަ ދުވަހު އިލެކްޝަންސް ކޮމިޝަނުން އިއުލާންކުރި ރިޔާސީ އިންތިޚާބުގެ ނަތީޖާއިން ހާމަވީ މިހާރު ވެރިކަންކުރާ ކޯލިޝަނަށް ބޮޑު އަގުލަބިއްޔަތެއްގެ ރައްޔިތުން ތާޢީދުކުރާކަމެވެ.

މިކަމުގެ އުފާ ކޯލިޝަނަން ނިސްބަތްވާ ގިނަ ފަރާތްތަކަކުން ފާޅުކުރަމުންދާ މި ދަނޑިވަޅުގައި އަދުރޭ ކުރެއްވި ޓްވީޓެއްގައި ވަނީ ކޯލިޝަނުގެ އެންމެ ބޮޑު ކާމިޔާބީ އަކީ ޝަރުޢީ ނިޒާމް ފުޑާލުންތޯ ސުވާލު ކުރައްވާފައެވެ.

“[ކޯލިޝަން ސަރުކާރުގެ އެންމެ ބޮޑު ކާމިޔާބީ އަކީ] ރައްޔިތުން ބިކަކޮށް ނިކަމެތި ކުރުންތޯ؟ޒުވާނުން މަގުމަތި ކުރުންތޯ؟ ނުވަތަ ގައުމު އަޅުވެތި ކުރުންތޯ؟ނޫނީ ވިއްޔާ ރައީސް ޔާމީނަށް ނުޙައްގުން އަނިޔާ ކުރަމުން ގެންދިއުންތޯ؟.” އަދުރޭ ސުވާލު ކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: