ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

“ބޭރުގައި ހުންނަވައިގެން ވެސް ޝަހީމް، ރައީސް ޔާމީންގެ ހައްގުގައި ބުރަ މަސައްކަތްތަކެއް ކުރެއްވެވި”

ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ އިސްލާމިކް މިނިސްޓަރު އަދި ޕީޕީއެމްގެ އާ އެޑްވައިޒަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ރާއްޖޭއިން ބޭރުގައި ހުންނަވައިގެން ވެސް ރައީސް އަބްދުﷲ ޔާމީންގެ ހައްގުގައި ބުރަ މަސައްކަތްތަކެއް ކުރެއްވެވި ކަމަށް ނައިފަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބް ރައީސް އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

އިއްޔެ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުގެ އެޑްވައިޒަރު ކަމަށް ޝަހީމް ވަނީ އައްޔަނު ކުރައްވާފައެވެ.

ޝިޔާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޑރ. ޝަހީމް އަނެއްކާވެސް އަމަލީ މައިދާނަށް ޕީޕީއެމްގެ އެޑްވައިޒަރެއްގެ ގޮތުގައި ނިކުންނެވުމަކީ ލިބިގެންދިޔަ ވަރަށް ބޮޑު ހިތްވަރަކާއި އުފަލެއް ކަމަށެވެ.

“ޑރ. ޝަހީމް ބޭރުގައި ހުންނެވިއިރު ވެސް ވަރަށް ބުރަ މަސައްކަތްޕުޅުތަކެއް ރައީސް ޔާމީން އާއި ޕީޕީއެމްގެ ހައްގުގައި ކުރައްވަމުން ގެންދެވި.” ޝިޔާމް ވިދާޅުވިއެވެ.

ޝަހީމް އަކީ ޕީޕީއެމްގެ ކައުންސިލު މެމްބަރެއް ކަމަށްވާއިރު އޭނާ އަކީ 2018 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ރަނިންމޭޓުކަން ވެސް ކުރެއްވި ފަރާތެވެ. އިންތިހާބުން ލިބުނު ނާކާމިޔާބީއާއެކު ޝަހީމް ވަނީ ރާއްޖެ އިން ބޭރުގެ ވަޒީފާ އަކަށް ވަޑައިގަންނަވާފައެވެ.

އެގޮތުން ޝަހީމް ވަޑައިގެންނެވީ އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ ސެކްރެޓަރީ ޖެނެރަލްގެ އެޑްވައިޒަރުގެ މަގާމަށެވެ. އޯއައިސީގެ މައި އިދާރާ ހުންނަނީ ސައުދީ އަރަބިއްޔާގެ ޖިއްދާގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: