ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އުމުރުން ދުވަސްވީ ދެ މީހުންނާއެކު ގއ. މާމެންދޫއިން ފަސް މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

ގއ. މާމެންދޫ--
ޝެއާރކޮށްލާ ކަހަލަދޯ؟

ގއ. މާމެންދޫއިން އުމުރުން ދުވަސްވީ ދެ މީހުންނާއެކު ފަސް މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

އެމީހުން ކޮވިޑަށް ޕޮޒިޓިވްވިކަން އެނގުނީ ކަރަންޓީނުން ދޫކޮށްލުމުގެ ކުރިން ހެދި ޓެސްޓުންނެވެ. އެ އެންމެންނަކީ ވެސް މާލެ އިން އެރަށަށް މި މަހުގެ 13 ވަނަ ދުވަހު ގޮސް ކަރަންޓީންވެގެން ތިބި މީހުން ކަމަށެވެ.

އެ ރަށު ކައުންސިލުން ބުނީ ޕޮޒިޓިވްވި މީހުންގެގެ ތެރޭގައި އުމުރުން ދުވަސްވީ ދެމަފިރިން ހިމެނޭ ކަަމަށެވެ. އޭގެ ތެރެއިން އަންހެން މީހާގެ އުމުރަކީ 62 އަހަރެވެ. ފިރިހެން މީހާގެ އުމުރަކީ 76 އަހަރެވެ.

ހޯމް ކަރަންޓީނުގައި 14 ދުވަސް ވަންދެން ތިބެންޖެހޭއިރު، ކަރަންޓީނުން ދޫކޮށްލަނީ އެ މުއްދަތު ހަމަވުމުން ހަދާ ޓެސްޓުން އެ ބައްޔަށް އެމީހާ ނެގެޓިވް ވުމުންނެވެ.

އެޗްޕީއޭ އިން އެންމެފަހުން އާންމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖޭގެ 21 ރަށެއްގައި ކޮވިޑްގެ އެކްޓިވް 40 ކޭސް އެބަ އުޅެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: