ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލެ ދަތުރުކުރާ ބޯޓެއްގެ ކައްޕި ޕޮޒިޓިވްވެ، ކުޅުދުއްފުށި މޮނީޓަރިންއަށް!

ކުޅުދުއްފުށި ސިޓީ-- ފޮޓޯ: ކުޅުދުއްފުށި އޮންލައިން
ޝެއާރކޮށްލާ ކަހަލަދޯ؟

ކުޅުދުއްފުށި ސިޓީ އާއި މާލެއާ ދެމެދު ދަތުރުކުރާ ބޯޓެއްގެ ކެޕްޓަނަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެ، އެ ރަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފި އެވެ.

އެޗްޕީއޭއިން ކުޅުދުއްފުށި ކައުންސިލަށް ފޮނުވި އެންގުމުގައި ބުނެފައިވަނީ ކޮވިޑާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބެލުމަށް މިއަދުގެ 20:45 ގައި ކުޅުދުއްފުށި މޮނިޓަރިންއަށް ލާފައިވާކަމަށެވެ.

އެނގިފައިވާގޮތުގައި ޕޮޒިޓިވްވެފައިވަނީ ކުޅުދުއްފުއްޓާ މާލެއާ ދެމެދު ދަތުރުކުރާ “ފާޅު” ބޯޓުގެ ކެޕްޓަނެވެ.

އެހެންކަމުން ކުޅުދުއްފުށީގައި މިވަގުތު ތިބި އެއްވެސް މީހަކު ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ވަކިގޮތެއް އަންގަންދެން އެރަށުން ފޭބުމާއި އެ އޭޖެންސީގެ ހުއްދަނެތި އެރަށަށް އެރުން ވަނީ މަނާކޮށްފައެވެ.

ކެޕްޓަން ޕޮޒިޓިވްވުމާ ގުޅިގެން ހދ. ނޮޅިވަރަމްވެސް މިހާރު ވަނީ މޮނީޓަރިންގެ ހާލަތަށްގެނެސްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: