ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނޮޅިވަރަމަށް ވެސް އަރައިފޭބުން މަނާ ކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ކުޅުދުއްފުށި ސިޓީން މީހަކު ކޮވިޑް-19އަށް ޕޮޒިޓިވްވުމާ ގުޅިގެން އެ އަތޮޅު ނޮޅިވަރަމް އަށް އަރައި ފޭބުން މަނާ ކޮށްފިއެވެ.

އެނގިފައިވާ ގޮތުގައި ކުޅުދުއްފުށިން މިއަދު ކޮވިޑު-19 އަށް ޕޮޒިޓިވްވެފައިވަނީ އެރަށާއި މާލެ އާއި ދެމެދު ދުއްވާ ފާޅު ބޯޓުގެ ކެޕްޓަނެވެ. އެބޯޓު މާލެއިން ކުޅުދުއްފުއްޓަށް ގޮސްފައިވަނީ މިއަދު ހެނދުނުއެވެ.

ފާޅު ބޯޓުގެ ކެޕްޓަން ޕޮޒިޓިވްވުމާއި ގުޅިގެން ކުޅުދުއްފުށި ވަނީ މިރޭ 8:45 އިން ފެށިގެން މޮނިޓަރިންގެ ހާލަތުގައެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ނޮޅިވަރަމް މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވަނީ ފާޅު ބޯޓު މިއަދު އެރަށަށް ގޮސްފައިވާތީ އެވެ.

ނޮޅިވަރަމް މޮނިޓަރިންއަށް ލާފައިވާކަމަށް އަންގައި އެޗްޕީއޭއިން ވަނީ ނޮޅިވަރަމް ކައުންސިލްގެ އިދާރާއަށް ލިޔުން ފޮނުވާފަ އެވެ. އެލިއުމުގައި ބުނެފައިވަނީ 25 ސެޕްޓެމްބަރު 2020، 20:48 ގައި ނޮޅިވަރަމް ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެވިފައިކަމަށެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: