ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮޗިން ފެރީ އަކީ ރާއްޖެއިން ބާ ދަގަނޑު ކިރަން ވެގެން ބަހައްޓާފައި ހުރި ފެންވަރުގެ ބޯޓުގަނޑެއް: މޮސްޓާ

ނޮޅިވަރަމްދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު ޢަބްދުﷲ(މޮސްޓާ). ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮޗިން ފެރީ އަކީ މީގެ އެތައް އަހަރެއް ކުރިން ރާއްޖެއިން ބާ ދަގަނޑު ކިރަން ވެގެން ބަހައްޓާފައި ހުރި ފެންވަރުގެ ބޯޓެއް ކަމަށް ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ(މޮސްޓާ) ވިދާޅުވެއްޖެއެވެ.

މިއަދު ފަތިހު އިންޑިއާ އިން ރާއްޖެ އައި ކާގޯ ބޯޓުން 500 ޓަނަށް ވުރެ ގިނަ މުދާ ގެނެސްފައިވާއިރު ކުޅުދުއްފުއްޓަށް އެ ތަކެތި ބޭލުމުގެ މަސައްކަތް ކުރަނީ އެމްޕީއެލްގެ ކުޅުދުއްފުށީ ޕޯޓުގެ އުޅަނދެއް ބޯޓު ކައިރިއަށް ގޮސްގެންނެވެ. މި ބޯޓު މި މަހުގެ 28 ވަނަ ދުވަހު މާލެ އައުމަށް ވަނީ ހަމަޖެހިފައެވެ. މި ބޯޓަކީ 3000 މެޓްރިކް ޓަނުގެ މުދާ އުފުލޭ އުޅަނދެކެވެ.

މިކަމާ ގުޅިގެން މޮސްޓާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮޗިން ފެރީ ކަމަށް ފުރަތަމަ ފޮޓޯ ދެއްކީ “އޮއޭސިސް އޮފް ދަ ސީސް” ފެންވަރުގެ ބޯޓެއް ކަމަށާއި ނަމަވެސް މިއަދު ކުޅުދުއްފުށި ބަނދަރުގައި ބަނދަރު ކުރީ މީގެ 20 ނުވަތަ 30 އަހަރު ކުރިން ރާއްޖެއިން ބާ ދަގަނޑަށް ކިރަން ވެގެން ބަހައްޓާފައި ހުރި ފެންވަރުގެ ބޯޓު ގަނޑެއް ކަމަށެވެ.

މޮސްޓާ މިހެން ވިދާޅުވިއިރު، އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ވަނީ ކޮޗިން ފެރީގައި ގެންނަ ތަކެއްޗަށް ފާޑު ކިޔާފައެވެ. އެގޮތުން އެ ފެރީގައި ގެނައީ ކުޅުދުއްފުށީ ރައްޔިތުން ބޭނުން ކުރާ ބްރޭންޑެއް ސިމެންތިއެއް ވެސް ނޫން ކަމަށާއި އެ ބޯޓުން ގެނައި ކާރުތަކަކީ މާލޭގައި ވޯކްޝޮޕެއް ހިންގާ ފަރާތެއްގެ ކާރުތަކެއް ކަމަށް ބުނެފައެވެ. އަދި މި ތަކެތިން ކުޅުދުއްފުއްޓަށް ނުވަތަ އުތުރަށް އަންނާނެ ތަރައްގީއާ މެދު އިދިކޮޅުން ވަނީ ސުވާލު އުފައްދާފައެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 50%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: