ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެންމެ ދީލަތި އެހީތަކެއް ދީފައިވަނީ އިންޑިއާ އިން: ފިނޭންސް މިނިސްޓަރު

ިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއަށް މިހާތަނަށް ލިބިފައި ހުރި މާލީ އެހީތަކަށް ބަލާއިރު އެންމެ ދީލަތިކޮށް އެހީދީފައިވަނީ އިންޑިއާ އިންކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ އަޑުން ގެނެސްދިން ޕްރޮގްރާމެއްގައި އާއްމުން ފޮނުވި ސުވާލުތަކަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު އަމީރު ވިދާޅުވީ އެންމެ ދީލަތިކޮށް އެހީދީފައި ވަނީ އިންޑިއާ އިން ކަން ފެންނަން އެބައޮތް ކަމަށާއި އެއީ ހަމައެކަނި ފައިސާއެއް ނޫން ކަމަށެވެ. އެގޮތުން ކޮވިޑް-19 އާއި ގުޅިގެންވެސް އިންޑިއާއިން ރާއްޖެއަށް ދީލަތި އެހީތަކެއް ވެދިން ކަމަށްވެސް އަމީރު ވިދާޅުވިއެވެ.

އަމީރު ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުން ހިންގި ތަރައްގީގެ މަޝްރޫއުތަކުގައި ޗައިނާ އިން މުހިއްމު ދައުރެއް އަދާކޮށްފައިވާ ކަމަށެވެ. އެކަމަކު ރާއްޖެ އަށް އެންމެ ދީލަތިކޮށް ލޯން ދެމުން އަންނަނީ އިންޑިއާ އިން ކަމަށް އަމީރު ވިދާޅުވިއެވެ.

އިންޑިއާ ނޫނަސް ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ އަދި އެހީވާ ވަރަށް ގިނަ ގައުމުތައް ވާކަން  ފާހަގަކުރައްވާ ކަމަށް އަމީރު ވިދާޅުވިއެވެ.

އަމީރު ވިދާޅުވީ ޗައިނާއިން ކުރިން ނަގާފައިވާ ލޯންތަކަށް ބަލާލާއިރު އެއީ ކޮންސެޝަނަލް ލޯންގެ ގޮތުގައި ބެލިދާނެ ކަމަށެވެ. ނަމަވެސް ހަގީގަތަކީ އޭރު ސަރުކާރުތަކުން އެކަން ކޮށްފައި އޮތް ގޮތުން ސަތޭކަ ރުފިޔާއަށް ކުރެވެން ހުރި ކަންކަން ކުރެވުނީ ދުއިސައްތަ ރުފިޔާއަށްކަން އަމީރު ފާހަގަ ކުރެއްވިއެވެ.

މީގެ އިތުރުން އަމީރުގެ ވާހަކައިގައި ކޮވިޑް-19 އާއި ގުޅިގެން ގައުމަށް ދިމާވެފައިވާ އިގްތިސާދީ ގޮންޖެހުމުން އަވަހަށް އަރައިގަނެވޭނީ ރަނގަޅު މަޝްރޫއުތަކަށް އިންވެސްޓްކުރުން އިތުރުކޮށްގެން ކަމަށް ވިދާޅުވިއެވެ.

ދަރަންޏަށް ފައިސާ ނެގުމާއި ގުޅޭގޮތުން އާންމުގެ މީހަކު ފޮނުވާފައިވާ ސުވާލަކަށް ޖަވާބު ދެއްވަމުން އަމީރު ވިދާޅުވީ ދަރަންޏަށް ފައިސާ ނަގައިގެން ތަރައްގީގެ މަޝްރޫއުތައް ހިންގަނީ މިހާރު ކުރިމަތިވެފައިވާ އިގްތިސާދީ ކާރިސާ އިން އަރައިގަނެ ހާލަތު ބަދަލުކުރަން ކަމަށެވެ.

ދަރަންޏަށް ފައިސާ ނަގައިގެން ވިޔަސް ތަރައްގީގެ މަޝްރޫއުތައް ހިންގަންޖެހޭކަން ހުރިހާ ގައުމަކުން ވެސް ގަބޫލުކުރާ ކަމަށާއި އެކަމުގެ ބޭނުމަކީ ކޮވިޑް-19ގެ ސަބަބުން ކުރިމަތިވި އިގްތިސާދީ ކާރިސާއިން ވީހާވެސް އަވަހަކަށް އަރައިގަތުން ކަމަށް އަމީރު ވިދާޅުވިއެވެ.

“މީގައި އޮތީ ދެ ގޮތެއް، އެއީ މި ކަހަލަ ހާލަތެއް މެދުވެރިވެދާނެ ކަމަށް ސޭވްކޮށްފައި ހުރިއްޔާ އެ ސޭވިން އަޅުގަނޑުމެންނަށް ބޭނުން ކުރެވިދާނެ، ނޫނިއްޔާ ޖެހޭނީ ދަރަންޏަށް ފައިސާ ނަގަން، ހަގީގަތަކީ އެ ގޮތަށް ރާވައިގެން އަޅުގަނޑުމެންނަކަށެއް ފިސްކަލް ރިޒާވެއް ގާއިމްކުރެވިފައެއް ނެތް، އެހެންވީމަ އެބަޖެހޭ ދަރަންޏަށް ފައިސާ ނަގައިގެން ވެސް އެކަންކަން ކުރަން” އަމީރު

މީގެ އިތުރުން އަމީރު ވިދާޅުވީ ވިދާޅުވީ ހާލަތު ރަނގަޅުވަންދެން މަޝްރޫއުތައް ނުހިންގާ ތިބެއްޖެނަމަ އިގްތިސޯދީ ދަތިކަމުން އަރައިގަތުމަށް 10 އަހަރު ނޫނީ 20 އަހަރު ނަގާނެ ކަމަށެވެ. އެހެންވުމުން ދަރަންޏަށް ނަގައިގެން ވިޔަސް ޖަމްޕެއް ކުރެވޭ ނަމަ އެއީ ނުކޮށް ދޫކޮށްލަންވާވަރުގެ ކަމެއް ނޫން ކަމަށް އަމީރު ވިދާޅުވި އެވެ.

އަމީރު ވިދާޅުވި ގޮތުގައި ދަރަންޏަށް ފައިސާ ނަގައިގެންވިޔަސް މަސްވެރިކަމާއި ދަނޑުވެރިކަމުގެ ސިނާއަތު އިތުރަށް ފުޅާކޮށް އެއާޕޯޓްތައް ތަރައްގީކޮށް ލާމަރުކަޒީ ނިޒާމް ހަރުދަނާ ކުރަންބޭނުންވެއެވެ. އަދި ދަރަންޏަށް ފައިސާ ނަގައިގެން ކުރާ މަސައްކަތަކީ ގައުމުގެ ތަރައްގީއަށް ކުރާ މަސައްކަތް ކަމަށް ކަމަށް އަމީރު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: